



.jpg?w=3840&q=75)




ރެއާލް މެޑްރިޑާއި ލެޕްޒިގް ވާދަކުރި މެޗުގެ ތެރެއިން...
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ އާރުބީ ލެޕްޒިގް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގައި ރެއާލް އެންމެ ފަހުން ކުޅުނު މެޗުގައި އިޓަލީގެ ރޯމާ އަތުން 4-3 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލެޕްޒިގް އެންމެ ފަހުން ކުޅުނު މެޗުގައި އިޓަލީގެ ކޯމޯ އަތުން 4-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބެރްނަބާއޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 43 ވަނަ މިނެޓުގައި ރެއާލް މެޑްރިޑަށް ލީޑު ހޯދައިދިނީ މިޑްފިލްޑަރު ބެނާޑޯ ސިލްވާ އެވެ.
ރެއާލް މެޑްރިޑުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި އާޑާ ގުލާ ކާމިޔާބުކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ.
ލެޕްޒިފް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޓިޑިއަމް ގޯމީސް އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ޔާން ޑިއަމޮންޑޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ރެއާލް މެޑްރިޑަށް އަލުން ތިން ލަނޑުގެ ލީޑެއް ހޯދައިދީފައެވެ.
މިނަތީޖާއެކު ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ ހަތަރުވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު މިމެޗުން ބަލިވި ލެޕްޒިގް ކުޅުނު ތިން މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 30 ވަނައިގައެވެ.




.jpg?w=3840&q=75)