
.jpg?w=3840&q=75)






.jpg?w=3840&q=75)
ވާރޭވެހިފައިވާ ދުވަހެއް- ފޮޓޯ: ގާފު
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ޅ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވަނީ މިއަދު އިރުއޮއްސި 18:00 އިން ފެށިގެން ދަންވަރު 12:00 އާއި ހަމައަށެވެ.
މި ދުވަސްކޮޅަކީ ހުޅަނގު މޫސުމުގެ ސާދަވަނަ ނަކަތް ހިތަ ނަކަތުގެ ދުވަސްތަކެވެެ. މި ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނެއެވެ. ކަނޑުތައް ޢާންމުގޮތެއްގައި މަޑުވާނެއެވެ. ވައިޖެހޭނީ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖްކޮށް ގަޑިއަކު 22.2 ކިލޯމީޓަރު ބާރުމިނުގައެވެ.
ވާރޭ ވެހޭ ނިސްބަތް ހުންނާނީ އެވްރެޖްކޮށް 4.10 އިންޗީގައެވެ. މި ނަކަތުގައި އެވްރެޖްކޮށް 106.1 ގަޑިއިރު އަވިދޭނެއެވެ. މަސްވެރިކަން ޢާންމުގޮތެއްގައި ރަނގަޅުވާނެއެވެ. މަސްއައިންތައް އަތޮޅުތަކާ ކައިރިން ފެންނާނެއެވެ.

.jpg?w=3840&q=75)


