.jpg?w=3840&q=75)








އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަންގެ ކޮންޓިނެންޓަލް ރެފްރީސް ކޯހުގައި ރާއްޖޭ އިން ބައިވެރިވާ ހަ ރެފްރީން.. ފޮޓޯ: ހޭންޑްބޯޅަ މޯލްޑިވްސް
ޕާކިސްތާނުގެ ފައިސަލްއާބާދުގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަންގެ ކޮންޓިނެންޓަލް ރެފްރީސް ކޯހުގައި ބައިވެރިވުމަށްޓަކައި ރާއްޖޭގެ 6 ރެފްރީއަކު ޕާކިސްތާނަށް ދިއުމައްޓަކައި މިއަދު ވަނީ ފުރާފައެވެ.
23 އޮކްޓޫބަރުން 2026 އިން 03 ނޮވެމްބަރު 2026 ގެ ނިޔަލަށް ޕާކިސްތާނުގެ ފައިސަލްއާބާދުގައި ކުރިއަށްދާ މި ކޯހުން ފާސްވާ ބައިވެރިންނަށް އޭޝިއަން ފެޑެރޭޝަންގެ ރެފްރީކަންކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. އަދި ހަމަ އެއާއެކު ބައިނަލްއަޤވާމީ މުބާރާތްތަކުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ޖުމްލަ ހަތަރު ގައުމަކުން މި ކޯހުގައި ބައިވެރިވެފައިވާއިރު ސައުތް ސެންޓަރަލް އޭޝިއާ ސަރަހއްދުގައި މި ކޯސް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.
މި ކޯހުގައި މިއަހަރު ރާއްޖެ އިން ބައިވެރިވެފައިވަނީ އަންހެން އެއް ޕެއާ އަދި ފިރިހެން ދެ ޕެއާއެވެ. އެގެތެރޭގައި ހިމެނޭ އަންހެން ބައިވެރިންނަކީ ފާޠިމަތު މަލްޝާ އަދި އައިޝަތު ޝިމްލާ އެވެ. އަދި ފިރިހެން ބައިވެރިންނަކީ މުހައްމަދު ޝަނީފް، މަމްދޫޙް ޚަލީލް، ފަތުހު ﷲ ޖަމީލް އަދި އަފްނާން އަހުމަދު އެވެ.




.jpg?w=3840&q=75)



