.jpg?w=3840&q=75)

.jpg?w=3840&q=75)






ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ޕާކިސްތާނަށް ފުރާވަޑައިގެންފިއެވެ.
މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ އެންމެ މަތީ ވެރިޔަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މީގެ ކުރިން 2015 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.
ރައީސުްލުލްޖުމްހޫއިއްޔާގެ ދެކަނބަލުން އެ ގައުމަށް ފައިބައި ވަޑައިގަތުމުން، އެއާޕޯޓުން މަރުހަބާ ދަންނަވަން ހަމަޖެހިފައި ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްއެވެ. މިއަދު އެއާޕޯޓުން މަރުހަބާ ދެންނެވި ނަމަވެސް، ރައީސުްލުލްޖުމްހޫއިއްޔާގެ ދެކަނބަލުންނަށް ޕާކިސްތާނުން ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާގެ ހެނދުނުއެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ތާރީހީ ދަތުފުޅާ ގުޅިގެން 12 ވަރަކަށް ފަހުމުނާމާގައި ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސޮއިކުރާނެއެވެ. އޭގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، ކްލައިމެޓް ޗޭންޖް، ޓޫރިޒަމް، ސިވިލްއޭވިއޭޝަން، ދިފާއީ އަދި އަސްކަރީ ދާއިރާއިން އެއްބާރުލުން އިތުރުކުރުން އެއްބަސްވުންތައް ހިމެނެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒްގެ ދައުވަތުފުޅަކަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނުގެ އިތުރުން އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީއާ ވެސް ރައީސް މުއިއްޒު ބައްދަލުކުރައްވާނެއެވެ. އަދި ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ދަތުރުފުޅުގައި އެންމެ މުހިންމު އެއް ކަމަކީ ޕާކިސްތާނުގައި ރާއްޖޭގެ ފަރާތުން ބިޒްނަސް ފޯރަމެއް ބޭއްވުމެވެ. ރާއްޖޭގައި ހުރި އިގުތިސާދީ ފުރުސަތުތައް ކިޔައިދިނުމަށް ބާއްވާ މި ފޯރަމްގައި ރައީސް ޑރ. މުޢިއްޒު ވާހަކަފުޅު ދައްކަވައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ވާހަކަ ދައްކަވާނެއެވެ.
ޕާކިސްތާނުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ވެސް ރައީސް ބައްދަލުކުރައްވާނެއެވެ.
ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް މި ވަޑައިގަންނަވަނީ ދެ ގައުމުގެ މެދުގައި ހާރިޖީ ގުޅުން ގާއިމް ކުރިތާ 60 އަހަރު ފުރުނު ފަހުންނެވެ.
.jpg?w=3840&q=75)

.jpg?w=3840&q=75)

