


.jpg?w=3840&q=75)

.jpg?w=3840&q=75)


.jpg?w=2048&q=75)
ރައީސް އޮފީސް
ރާއްޖޭގެ 3 ބާރުގެ އިމާރާތްތައްކަމަށްވާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވާލި މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފި އެވެ.
3 ބާރުގެ އޮފީސްތަކުގައި ހުޅުޖަހަން ގޮވާލާފައިވަނީ އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާނެވެ.
އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯކުރަން ނުޖެހެނީ ކީއްވެތޯ ސުވާލު އުފައްދާފަ އެވެ. އަދި ހުޅުޖެހުމަށް ހިތްވަރުދީ ޒިހާން ވަނީ ރޯކޮށްލައިފިއްޔާ މަޖާވާނެކަމަށްވެސް ހިއްސާކޮށްފަ އެވެ.
މި ޕޯސްޓާގައި ގުޅިގެން ރައްޔިތުން ކަންބޮޑުން ފާޅުކުރަންފެށުމާއެކު އޭނާ ޕޯސްޓު ޑިލީޓްކޮށްފި އެވެ.
ނަމަވެސް ފުލުހުން ބުނީ ޕޭސްބުކްގައި ހަސަން ޒިހާން ނަމަކަށް ކިޔާ މީހާ ކޮށްފައިވާ ޕޯސްޓު ފުލުހުންގެ ސަމާލުކަމަށް އައިސްގެން މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.
ޒިހާން އަކީ އެމެރިކާގެ ނޭވަލް އެކެޑެމީން ކިޔަވައިގެން އައިސް އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސަރުކާރަށް ފާޑުކިޔައިގެން އޭނާ ސިފައިންގެ ވަޒީފާއިން ވަނީ ވަކިކޮށްފަ އެވެ.
އޭގެފަހުން މި ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން އޭނާ އަދާކުރި އެވެ. ނަމަވެސް އެ މަގާމުގައި ހުއްޓާ އޭނާ ސަސްޕެންޑްކޮށް، ފަހުން މަގާމުން ވަކިކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އަށް ފުރައްސާކޮށް ޓްވީޓެއް ކުރުމާ ގުޅިގެންނެވެ.
މި އަމަލަކީ ރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު: 32/2015) ގެ ދަށުން ވަރަށް ސީރިއަސް ބޮޑު ޖިނާއީ ކުށެކެވެ.



.jpg?w=3840&q=75)
