.jpg?w=3840&q=75)








15 މެގަވޮޓުގެ ސޯލާ އަދި ބެޓެރި ސްޓޯރޭޖް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ޗައިނާގެ ކުންފުންޏަކާއެކު 15 މެގަވޮޓުގެ ސޯލާ އަދި ބެޓެރި ސްޓޯރޭޖް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ބުނީ މި އެއްބަސްވުމުގެ ދަށުން 15 މެގަވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް (ސޯލާ ޕީވީ ސިސްޓަމް) އަދި 15 މެގަވޮޓް-އަވަރ ގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް (ބީއީއެސްއެސް) ރާއްޖޭގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާގެ ފަރާތުން އެމްއޯޔޫގައި ޑެޕިއުޓީ މިނިސްޓަރ ހުސައިން އަގީލް ނަސީރު ސޮއިކުރެއްވިއިރު، ޒެޖިއަންގް ޗިންގްޓިއަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިންގ ވައިސް ޕްރެޒިޑެންޓް މިސްޓަރ ޑޮންގްޓިންގ ހޭ އެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ ކަރަންޓު ވިއުގަ އިތުރަށް ހަރުދަނާކޮށް، އިއާދަކުރަނިވި ހަކަތަ ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މީގެއިތުރުން 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް މި މަޝްރޫޢުގެ ސަބަބުން ބޮޑު ބާރަކަށް ވެގެންދާނެ އެވެ.
.jpg?w=3840&q=75)







