


.jpg?w=3840&q=75)





އަފީފު
ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން އޭނާ މަގާމުން ވަކިކޮށްފައިވާކަމުގެ ޔަގީންކަން ދީފައިވެ އެެވެ.
ޕީސީބީން ބުނީ ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުން އަދި މެނޭޖިންގް ޑިރެކްޓަރުކަމުގެ މަގާމުން މއ.ވޭސްސައިޑް، ފްލެޓް 304، މުހައްމަދު އަފީފު ހުސެއިން ވަކިކޮށްފައިވާ ކަމަށެވެ.
ދައުލަތަށް ގިނަ ދުވަސްތަކެއްވަންދެން ހިދުމަތް ކުރައްވާފައިވާ އަފީފް ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 27 ވަނަ ދުވަހު އެވެ.
ފެނެކަ އުވާލައި، ފެނަކައިގެ ހިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެންބަރު މަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން މިހާރު އުތުރާއި ދެކުނުގެ ގިނަ ރަށްތަކުގައި ފެނަކައިގެން ދެމުންދިޔަ ހިދުމަތްތައް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިވެ އެވެ. އަދި ބާކީ ރަށްތަކާއި އެކުންފުނިން ދަނީ، ހަވާލުވުމަށް މަސައްކަތް ކުރަމުންނެވެ.



.jpg?w=3840&q=75)
