.jpg?w=2048&q=75)
-
ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމަކީ ތަރައްޤީއަށް ކޮންމެހެން މުހިންމު ކަމެއް ނަމަވެސް، ރަސްމާލެ މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ޙައްސާސް އަދި ބޮޑެތި ކަންބޮޑުވުންތަކަށް ސަރުކާރުން ސާފު ޖަވާބުތަކެއް ދޭންޖެހޭ ކަމަށް، މި ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޚަލީލް ވިދާޅުވީ، ރާއްޖޭގެ ތަރައްޤީގެ ދުވެލި ކުރިއެރުވުމަށްޓަކައި ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާ ކަމަށާއި، ޢާންމުވެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ރަސްމާލެ މަޝްރޫޢަކީ އާދަޔާ ޚިލާފަށް ބޮޑު މަޝްރޫޢެއް ކަމަށެވެ. އަދި އެފަދަ މަޝްރޫޢުތައް ރައްޔިތުން އެދޭ ފަދައިން ހާމަކަން ބޮޑު ގޮތެއްގައި ތަންފީޒުވުމަކީ ކޮރަޕްޝަނާއި ފަސާދައިން ދުރުވެ، މަޝްރޫޢު ކާމިޔާބުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑރ. ޚަލީލް ދެކެވަޑައިގަންނަވާ ގޮތުގައި، ޤައުމާއި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމުގެ މަސްއޫލިއްޔަތު އޮތް ވެރިންގެ ޙައިސިއްޔަތުން ސަރުކާރުން ކުރަންވީ ކަމަކީ، ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކަށް އީޖާބީ އަދި ސާފު ޖަވާބުތަކެއް ދިނުމެވެ.
މިގޮތުން، ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ސާފުކޮށްދިނުމަށް އެދި ޑރ. ޚަލީލް ވަނީ މުހިންމު 7 ނުކުތާއެއް ފާހަގަކުރައްވާފައެވެ:
މީގެއިތުރުންވެސް، ރައްޔިތުންގެ ފަރާތުން ސާފުކުރަން ބޭނުންވާ މިފަދަ އެންމެހައި މުހިންމު ކަންކަމަށް ސަރުކާރުން ދެފުށް ފެންނަ ގޮތެއްގައި ޖަވާބުދާރީވުމަކީ ލާޒިމު ކަމެއް ކަމަށް ކުރީގެ ވަޒީރު ވަނީ ވިދާޅުވެފައެވެ.
.jpeg?w=3840&q=75)


.jpg?w=3840&q=75)

.jpeg?w=3840&q=75)


.jpg?w=3840&q=75)

.jpg?w=3840&q=75)



.jpg?w=3840&q=75)
.jpeg?w=3840&q=75)