
.jpeg?w=3840&q=75)


.jpg?w=3840&q=75)

.jpg?w=3840&q=75)

އެމްޕީއެލް މުދާ ކްލިއާރ ކުރުމުގެ ތެރެއިން- ފޮޓޯ:ޕީއެސްއެމް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ ހަފްތާގައި އެކަނިވެސް 1594 ކޮންޓެއިނާ ކްލިއާރް ކޮށްފި އެވެ.
އެމްޕީއެލްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައީ އަސާސީ ކާބޯތަކެތި ކަމަށްވާ ބިހާއި ފިޔަލެވެ.
އެމްޕީއެލް ތަފާސްހިސާބުތަކުން ދައްކާގޮތުން މި މަހުގެ 4 އިން 10 އަށް، ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި މުދާ އުފުލާ ބޯޓުފަހަރުން ކޮންޓެރިނަރ ކްލިއާ ކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 1223 ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި، 371 އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 'ކޮންސައިންމަންޓްސް' ނުވަތަ ވިއްކުމުން ފައިސާ ދައްކާ ގޮތަށް ބަހައްޓާ މުދާ ހިމެނެ އެވެ.މި މުއްދަތުގެ ތެރޭގައި ކްލިއަރެންސް ދިން މިންވަރަށް ބަލާއިރު ޖުމުލަ 44،181.43 ޓަނުގެ މުދާ ކްލިއާ ކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން 40،672.84 ފްރައިޓް ޓަނުން ކްލިއާ ކޮށްފައިވާ މުދާ އެވެ. އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން 3،508.59 ފްރައިޓް ޓަނުގެ މުދާ ކްލިއާ ކޮށްފައިވެ އެވެ.
މީގެއިތުރުން މިދިޔަ ހަފްތާގައި މާލޭ ވިޔަފާރި ބަނދަރަށް 2 ކޮންޓެއިނާރ އުފުލާ ބޯޓު އައިސްފައިވާއިރު، އާންމު މުދާ އުފުލާ 3 ބޯޓު އައިސްފައިވެ އެވެ. އަދި ކޮންޓެއިނާ އުފުލާ 3 ބޯޓު ފުރިއިރު، އާންމު މުދާ އުފުލާ 6 ބޯޓު މާލެ ވިޔަފާރި ބަނދަރުން ފުރާފައިވެ އެވެ. މީގެތެރެއިން ބޭލި ކޮންޓެއިނަރުގެ އަދަދު 1،932 އަކަށް އަރާއިރު، ބޭރުކުރި ކޮންޓެއިނަރުގެ އަދަދު އަރަނީ 1،514 އެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުމްލަ 3،446 އަކަށްއަރަ އެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާގެ ތެރޭގައި އަވަހަށް ހަލާކުވާ ތަކެތީގެ ގޮތުގައި ހިމެނޭ ތަރުކާރި އާއި މޭވާގެ 51،751 ޕެކޭޖް ކުލިއާ ކޮށްފައިވެ އެވެ.
މި ސަރުކާރުން ދަނީ ރާއްޖޭގެ ވިޔަފާރު ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް މަސައްކަތް ހަލުވި ކަމާއި ފަސޭހަކަމާއެކު ކުރިއަށްގެންދިއުމުގެ މަގުފަހިކޮށްދިނުމަށް މަސައްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ އަމާޒަކަށްވަނީ މި ހިދުމަތް ތިލަފުއްޓަށް މިއަން އަހަރުގެ ނޮވެންބަރު 11 ގެ ކުރިން ބަދަލުކޮށް، ރަސްމީކޮށް ހުޅުވައި ހިދުމަތްދިނުމެވެ.

.jpeg?w=3840&q=75)





