.jpg?w=3840&q=75)

.jpg?w=3840&q=75)






ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމުގެ އައު ބެޗަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން މިހާރު ވަނީ ތަމްރީނަށް ފުރާފައެވެ. މި ޕްރޮގްރާމުގައި 84 ދަރިވަރުން ހިމެނެއެވެ.
މި ބެޗުގެ ދަރިވަރުން ތަމްރީނަށް ފުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ، ބައިވެރިވާ ދަރިވަރުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. މިފަހަރުގެ ބެޗުގައި ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުން ހިމެނެއެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ ވިސްނުންފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް މިވަނީ އަހަރެއް ފުރިފައެވެ.
އަމިލައަށް ބޭނުންވެގެން ކުރިމަތިލެވޭ ގޮތަށް ހުޅުވާލާފައިވާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލާ ޢަދަދަށްވުރެ އެތަށް ބައިވަރު ކުދިންނެއް ދަނީ ކުރިމަތިލަމުންނެވެ. މިހާތަނަށް 3 ބެޗެއްގައި ޖުމުލަ ހާހަކަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީން ފުރިހަމަކޮށްފައެވެ.
މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ ވަޒީފާގެ މައިދާނަށް ބޭނުންވާ މުހިންމު ފަންނީ ހުނަރުތަކާއެކު އަމިއްލަ ނަފްސަށް އިތުބާރު ކުރާ ޢަޤީދާ ވަރުގަދަ، ރޫޙާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ.
މި ޕްރޮގްރާމުގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ވަރަށް ގާތުން ގެންދަވަނީ ބައްލަވަމުންނެވެ. މިކަން އިތުރަށް ހަރުދަނާ ކުރުމަށް ވަޠަނީ ޚިދުމަތާ ބެހޭ ޤަނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށައަޅާފައެވެ. ބިލުގެ މަސައްކަތް މަޖިލީހުގެ މި ފެށި ދައުރުގައި ކުރިއަށް ގެންދާނެއެވެ.ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް އިސްކަންދީ މި ރޮނގުން ކުރާ މަސައްކަތްތައް އިތުރު ކުރުމަށް ދިފާޢީ ވުޒާރާގެ ނަން، ދިފާޢީ އަދި ވަޠަނީ ޚިދުމަތުގެ ވުޒާރާއަށް ވަނީ ބަދަލުކޮށްފައެވެ.މި ޕްރޮގްރާމްވެފައި މިވަނީ، ރައްޔިތުން ބަލައިގަންނަ ޕްރޮގްރާމަކަށެވެ. އެކަމަށް އެދޭ ކުދިންގެ ޢަދަދާއި، އާއިލާތަކުން ދޭ އިސްކަމުން އެކަން ހާމަވެއެވެ.
.jpg?w=3840&q=75)

.jpg?w=3840&q=75)




