





%20(1).jpg?w=3840&q=75)


-
ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ބައިނަލްއަޤްވާމީ އެއާޕޯޓުގެ ފަސިންޖަރު ޓާމިނަލަކަށް ޙަމަލާއެއް އަމާޒުވެ، އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ކަމަށް ސަޢޫދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ހާމަކޮށްފިއެވެ.
ސަޢޫދީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވައިގެ މަގުން އައި މި ޙަމަލާ އަމާޒުވެފައިވަނީ ރިޔާދު އިންޓަނޭޝަނަލް އެއާޕޯޓުގެ ޕަސެންޖަރ ޓާމިނަލަކަށް ކަމަށާއި، މި ޙަމަލާގެ ސަބަބުން އެ ސަރަޙައްދުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކޮން ބާވަތެއްގެ ހަތިޔާރެއް ނުވަތަ މިސައިލަކުން ދީފައިވާ ހަމަލާއެއްކަން ކޯލިޝަނުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މީގެ އިތުރުން އެއާޕޯޓާއި ކައިރި ސަރަހައްދުތަކުން ކްރޫޒް މިސައިލްތަކެއްވެސް ވައްޓާލާފައިވާކަން ކޯލިޝަނުގެ ތަރުޖަމާނު ދާދި ދެންމެ އަކު ވަނީ ހާމަކުރައްވާފައި އެވެ.
މި އައު ޙަމަލާ އެއާޕޯޓަށް އަމާޒުވެފައި މިވަނީ، ރިޔާދުގެ އެއާޕޯޓަށް ދިން ނުރައްކާތެރި ޙަމަލާއެއްގައި މަދުވެގެން 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވި ހާދިސާއަށް އެއް ދުވަސް ވެސް ނުވަނީހެވެ.
މި ހާދިސާއާ ގުޅިގެން ރިޔާޟްގެ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައިވާއިރު، ވައިގެ ދަތުރުފަތުރަށާއި އެއާޕޯޓުގެ އޮޕަރޭޝަންތަކަށް މިކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.








