
ހުޅުމާލޭގައި އީގަލް ހިލްސްއިން ކުރިއަށްގެންދާ މަޝްރޫއުގެ ކުރެހުންތައް
ހުޅުމާލޭގައި އީގަލް ހިލްސްއިން ކުރިއަށްގެންދާ މަޝްރޫއުގެ ކުރެހުންތައް ދައްކާލައިފި އެވެ.
ހައުސިންގް މިނިސްޓަރު ޑރލ. އަބްދުﷲ މުއްތަލިބު ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯގައިވާގޮތުން ހުޅުމާލެ ފޭސް 3 ގައި ގާއިމްކުރާ 5000 ހައުސިންގް ޔުނިޓްތައް ގާއިމްކުރަނީ ޒަމާނީ ވަސީލަތްތަކާއެެކުގަ އެވެ.
އެގޮތުން ރެސިޑެންޝަލް ޓަވަރުތަކާއި، ވޯޓާފްރަންޓް ޓައުންހޯމްތަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި، ޒަމާޏީ ފެންވަރުގެ ކެފޭ ރެސްޓޯރަންޓްތަކާއި، ފިނި މައިޒާންތަކާއި ހިތްފަސޭހަކޮށްލަން މަޑުކޮށްލާނެ ތަންތަނުގެ އިތުރުން އެންމެ ޒަމާނީ ފިހާރަތަކާއި، މޫދަށް އެރޭނެ ތަންތަނާއި ޕޫލްތައް އަދި މޫދު ކައިރީގައި ހަދާ ބޮޑު މިސްކިތެއްވެސް ވީޑިއޯއިން ފެނިގެންދެ އެވެ.
މި ކުރެހުންތައް ތައްޔާރުކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރު ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ 'ވާއު އާކިޓެކްޓްސް/ ވާނާ ވޮންގް ޑިޒައިން" އިންނެވެ.
މި މަޝްރޫއާ ގުޅިގެން ސަރުކާރުން ކުރިން ބުނެފައިވަނީ މިއީ އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ދާއިރާގެ ލަނޑުދަނޑިތަކާވެސް ގުޅިފައިވާ މުހިންމު މަޝްރޫއުއެއްކަމަށެވެ. އަަދި އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގެ މީހުންވެސް ދަންނަ ކާމިޔާބު ބޮޑެތި އިންވެސްޓްމަންޓްކާއެކު މަޝްރޫއުތައް ހިންގާފައިވާ ކުންފުންޏަކަށްވާއިރު، ރާއްޖޭގައި އެފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރަން ނިންމާނީ އެކަމާއި މެދު ދިރާސާކޮށް، ރާއްޖެއަށް އޮތް ޑިމާންޑާއި އޭގެއިން ނެރެވޭނެ މަންފާ އެންގިގެންކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މިއީ ހުރިހާ ގޮތަކުންވެސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވާނެ މަޝްރޫއަކަށް ވެގެންދާނެ ކަމަށެވެ.
ރާއްޖޭއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކަށްވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރެވޭ މަސައްކަތުގެ ދަށުން އީގަލް ހިލްސްއިން ރާއްޖޭގައި 500 މިލިޔަން ޑޮލަރުގެ މަޝްރޫއުއެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫއުގެ ދަށުން 5،000 ހައުސިން ޔުނިޓް ތަރައްގީކުރާނެ އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2027 ގެ ކުރީކޮޅުގަ އެވެ.
.jpg?w=3840&q=75)



.jpg?w=3840&q=75)









