






އެކްސެލް އިންޓަނޭޝަނަލް ސްކޫލުގެ ޓީޗަރުންގެ އަގުވަޒަންކުރުމަށް ސެންޓްރަލް ހޮޓެލްގައި ރޭގައި ބޭއްވި ހާއްސަ ހަފްލާގެ ތެރެއިން- ފޮޓޯ: މިނިސްޓްރީ
ގައުމެއް ކުރިއަރާނީ އެ ގައުމެއްގެ ދަރިންނަށް ރިވެތި އަހުލާގާއި ހަރުދަނާ ތަރުބިއްޔަތެއް ދެވިގެން ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
އެކްސެލް އިންޓަނޭޝަނަލް ސްކޫލުގެ ޓީޗަރުންގެ އަގުވަޒަންކުރުމަށް ސެންޓްރަލް ހޮޓެލްގައި ރޭގައި ބޭއްވި ހާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ ތައުލީމާއި ތަރުބިއްޔަތު އަދި ރިވެތި އާދަތައް އަށަގަނެވިފައިވާ ޖީލެއް މި ގައުމަށް ބޭނުންވާއިރު، މިފަދަ ޖީލެއް ބިނާކުރުމުގައި މުދައްރިސުންގެ ދައުރު މުހިންމުކަމަށެވެ."މި ޤައުމަށް ބޭނުންވަނީ ތަޢުލީމާއި ތަރުބިއްޔަތު ލިބިފައިވާ، ތިމާގެ އަމިއްލަ ނަފުސަށާއި އެހެންމީހުންނަށް އިޙްތިރާމު ކުރުމާއި އޯގާވެރިވުންފަދަ ރިވެތި އާދަތައް އަށަގަނެވިފައިވާ ޖީލެއް. މިފަދަ ޖީލެއް ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނެ ބަޔަކީ ލޮބުވެތި މުދައްރިސުން." ވަޒީރު ހީނާ ވިދާޅުވި އެވެ.
HUPydbKbgAABoqS.jfif
މީގެއިތުރުން ވަޒީރު ވިދާޅުވީ ތުއްތު ދަރިންނަކީ މި ގައުމު ދެކެ ލޯބިވާ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ހުރިމަތްތެރިކޮށް ހިތާ، އަދި ޤައުމިއްޔަތު ނަގަހައްޓައި ދަމަހައްޓާނެ ދަރީންގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށެވެ. އަދި މިކަން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކޮށްދެއްވުމަށް ވަޒީރު އިލްތިމާސް ކުރެއްވި އެވެ.
އެކްސެލް އިންޓަނޭޝަނަލް ސްކޫލުގެ ޓީޗަރުންގެ އަގުވަޒަންކުރުމަށް ބޭއްވި ހަފްލާގައި އެކިގޮތްގޮތުން ފާހަގަކޮށްލެވޭ ޓީޗަރުންނަށް އިނާމު ދީފައިވާއިރު، ބެލެނިވެރިންގެ ފަރާތުން ޓީޗަރުންނަށް ހާއްސަކޮށް ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ.






