







ހުޅުމާލެ ޕޮލިސް ސްޓޭޝަން
ހުޅުމާލޭގެ ފޭސް 2 ގައި ހުރި ފިހާރައެއްގައި އެހެން ދީންތައް ރަމްޒުކޮށްދޭ ގޮތަށް ވިއްކަން ހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގައި ހުންނަ ފިހާރައެއްގައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި މައުލޫމާތަކާ ގުޅިގެން، ފުލުހުން އެ ފިހާރަ ބަލައިފާސްކޮށް އެފަދަ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މިދިޔަ ބުދަ ދުވަހުގެ 18:15 ހާއިރު ފުލުހުން އެ ފިހާރައަށް ގޮސް ބެލިބެލުމުން، އެފަދަ 8 ޕޮޓެއް އެ ފިހާރާގައި ވިއްކަން ބަހައްޓާފައި ހުރިކަން ފާހަގަވެފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި މި ތަކެތި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ފާހަގަކުރި އެވެ.







