






.jpeg?w=3840&q=75)

ޕޮލިޓެކްނިކްގެ ކޯސްތަކުން ދަސްވެނިވި ދަރިވަރަކު
މޯލްޑިވްސް ޕޮލިޓެކްނިކްގެ އިންސްޓިޓިއުޓުގެ ކޯސްތަކުން 690 ދަރިވަރުން ދަސްވެނިވެއްޖެ އެވެ.
ޕޮލިޓެކްނިކުން އިންސްޓިޓިއުޓުގެ ކޯސްތައް އެކި ދާއިރާތަކަށް ފުޅާކޮށްފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދު އެވެ.
މި ރަސްމިއްޔާތުގައި ޕޮލިޓެކްނިކްގެ އިސްބޭފުޅުންނާއި ތައުލީމާއި ބެހޭ ވުޒާރާގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެ އެވެ.
ޕޮލިޓެކްނިކް އުފެދިގެން އައި އަމަލީ މަސައްކަތްތަކުގެ މައިދާނަށް ބޭނުންވާ އެކިއެކި ހުނަރުތަކުގެ ކޯސްތައް ހިންގުމަށް ހާއްސަ އިންސްޓިއުޓެއްގެ ގޮތުގަ އެވެ. އަދި މިހާރު އަތޮޅުތަކުގައިވެސް ޕޮލިޓެކްނިކްގެ ގޮފިތައް ދަނީ ހިންގަމުންނެވެ.
ޕޮލިޓެކްނިކްއިން 55 އެކަޑަމިކް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާއިރު، މީގެތެރޭގައި ހިމެނެނީ 3 ޑިޕްލޮމާއި ޕްރޮގްރާމް، 7 އެޑްވާންސް ސެޓިފިކެޓް ލެވެލް 4 ޕްރޮގްރާމް، 2 ނޭޝަނަލް ސެޓިފިކެޓް ލެވެލް 4 ޕްރޮގްރާމް، 25 ސެޓިފިކެޓް ލެވެލް 3 ޕްރޮގްރާމް، 14 ނޭޝަނަލް ސެޓިފިކެޓް ލެވެލް 3 ގެ ޕްރޮގްރާމް، 1 ސެޓިފިކެޓް ލެވެލް 2 ޕްރޮގްރާމް އަދި 3 ސެޓިފިކެޓް ލެވެލް 1 ޕްރޮގްރާމް ހިމެނެ އެވެ.މީގެ އިތުރުން ތަފާތު 9 ދާއިރާއަކުން ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ހަދާފައިވާއިރު، 42 ފަރާތަކަށް ވަނީ ސަނަދު ދީފަ އެވެ. ހިންގުނު 55 ޕްރޮގްރާމެއްގައި ޖުމްލަ 690 ދަސްވެނިން ތައުލީމު ހާސިލުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 401 ފިރިހެން ދަރިވަރުންނާއި 289 އަންހެން ދަރިވަރުންނެވެ. އަދި 12 ދާއިރާއެއްގެ 17 ޕްރޮގްރާމަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި 39 ދަރިވަރަކަށް ވަނީ އެކްސެލެންސް އެވޯޑް ދީފަ އެވެ.މިއަހަރު މޯލްޑިވްސް ޕޮލިޓެކްނިކްގައި ޖުމްލަ 1132 ދަރިވަރުން އެންރޯލްވެފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 708 ފިރިހެން ދަރިވަރުންނާއި 424 އަންހެން ދަރިވަރުންނެވެ.








-1791113559823.jpeg?w=3840&q=75)