







ވިލިމާލޭގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ކ. ވިލިމާލޭގައި މަސްޖިދުއްސަލާމް ހުރި ބިމުގައި އިމާރާތްކުރާ މިސްކިތުގައި ބިންގާ އަޅައިފި އެވެ.
މިއީ "މަސްޖިދުއްސަލާމް" މިހާރު ހުރި ބިމުގައި ބިނާކުރަނީ ޒަމާނީ އާ މިސްކިތެކެވެ.
މިސްކިތުގައި ބިންގާ އަޅާފައިވަނީ މިއަދު ހަވީރު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
މި މިސްކިތް ބިނާ ކުރަނީ ފިޔަ ފައުންޑޭޝަނުންނެވެ. އަދި މިސްކިތް ބިނާކުރަނީ 1000 މީހުންނަށް ނަމާދު ކުރެވޭގޮތަށެވެ. އަދި މިސްކިތް ވެގެންދާނީ ވިލިމާލޭގައި އަޅާ ޖާގަ ތަނަވަސް މިސްކިތެއްގެ ގޮތުގަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޑރ. ޝަހީމްް ވިދާޅުވީ މިއީ ވިލިމާލޭގައި ބިނާކުރާ ޖާގަ ތަނަވަސް ރީތި މިސްކިތަކަށްވާނެ ކަމަށާއި، މިއީ ވިލިމާލޭ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާ ކަމެއްކަމަށެވެ.

6217411176593822321.jpg
ޒަމާނީ ފެންވަރަށް ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ދެ ބުރީގެ މިސްކިތެކެވެ. މި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން 2 ކުލާސްރޫމާއި އިމާމު ރޫމް ހިމެނޭނެ އެވެ.



