


.jpeg?w=3840&q=75)




.jpeg?w=3840&q=75)
މޫސުން
ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ މޫސުން އާންމުކޮށް ލަފާކުރެވޭ ގޮތަށް ބަލާއިރު، ވައި ޖެހޭނީ މަޑުންނެވެ.
އެގޮތުން ވައި އެނބުރި އުތުރާއި އިރުއުތުރުން، ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެއިތުރުން، ވައި މަޑުވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި މަޑުވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ ގާތްގަނޑަކަށް 1 ފޫޓާއި 3 ފޫޓާ ދެމެދުގައި ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
އެހެންކަމުން، ވިއްސާރަވި ނަމަވެސް ކަނޑުދަތުރުފަތުރު ކުރުމަށް މާބޮޑެތި ހުރަސްތަކެއް ނެތް ކަމަށް މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކައެވެ.



.jpeg?w=3840&q=75)
