


.jpeg?w=3840&q=75)





ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކާއި ކާރިސާތަކުގެ ނުރައްކާ އިންތިހާއަށް ބޮޑު ޖަޒީރާ ޤައުމަކަށް ވުމާއެކު، ރައްޔިތުންގެ ބައިވެރިވުން ހިމެނޭ އަދި ރައްޔިތުންގެ ޙާޖަތްތަކަށް އިސްކަންދޭ ކުރިއާލާ އިންޒާރުދޭ ނިޒާމެއް ހަރުދަނާކުރުމުގެ ގޮތުން ޚާއްޞަ ބައްދަލުވުމެއް އިއްޔެ ބާއްވައިފިއެވެ.
ކާރިސާތަކުން ރައްޔިތުންނާއި މުދާ ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަދު ބޭއްވި މި ބައްދަލުވުމަކީ "ނޭޝަނަލް އާރލީ ވޯނިންގ ރޯޑްމެޕް ކޯޑިނޭޝަން މީޓިންގ" އެވެ. މި ބައްދަލުވުމުގައި ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކާއި ސްޓޭކްހޯލްޑަރުން ވަނީ އެއް މޭޒަކަށް އެއްވެ، ކުރިއާލާ އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމުގައި އިސްކަންދޭންވީ މުހިންމު ކަންކަން އެއް މިސްރާބަކަށް ގެނައުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އަދި މި މަސައްކަތްތައް ޢަމަލީ ގޮތުން ތަންފީޛުކުރުމަށްޓަކައި ހަރުދަނާ މަގުޗާޓެއް އެކުލަވައިލުމަށް މުހިންމު ނިންމުންތަކެއް ވެސް ވަނީ ނިންމާފައެވެ.
އެކުލަވައިލުމަށް ނިންމާފައިވާ މި މަގުޗާޓުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ:
މި ބައްދަލުވުމަކީ ރާއްޖޭގެ ކާރިސާތަކުން ރައްކާތެރިވުމުގެ ޤައުމީ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް، ކޮންމެ ދިވެހި ރައްޔިތަކަށްމެ ރައްކާތެރި އަދި އަމާން މާޙައުލެއް ކަށަވަރުކޮށްދިނުމަށްޓަކައި އެޅުނު ވަރަށް މުހިންމު، އުންމީދީ ފިޔަވަޅެކެވެ.



.jpeg?w=3840&q=75)
