-1791455226200.jpeg?w=3840&q=75)








ޕިކްޕޯސްޓް
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އޮފީހުގެ ތިރީބައި ބޮޑެތި ޕާރުސަލްތަކަށް ހާއްސަކޮށް އަލުން ހުޅުވައިފި އެވެ.
ޕޯސްޓު އޮފީހުގެ ތިރީގައި ގާއިމްކުރި މި ޕިކްޕޯސްޓް ހުޅުއްވައިދެއްވީ މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދެވެ.
މި ބަދަލާއެކު މޯލްޑިވްސް ޕޯސްޓްގެ ޑެލިވަރީ ނިޒާމު ވަރަށް ބޮޑަށް ކުރިއަރައި ހަރުދަނާވެގެންދާނެކަން ފާހަގަކޮށް ފޯސްޓް އޮފީހުން ބުނީ ބޮޑެތި ޕާރުސަލްތައް ދޫކުރުމުގައި ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއްވެގެންދާނެ ކަމަށެވެ.
މި ބަދަލާއި ގުޅިގެން އެ އޮފީހުން ބުނީ ބޮޑެތި ޕާރުސަލްތައް ބަލާ އަންނަ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ހާއްސަކުރީ، ހެޑް އޮފީހުގެ ޕިކްޕޯސްޓް ސްޓޭޝަން އީ-ކޮމާސްގެ ސަބަބުން މެއިލް ލޭންޑްސްކޭޕަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެންކަމަށެވެ.މީގެއިތުރުން ޕޯސްޓް އޮފީހުން ބުނީ މިއީ ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ބައެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޑެލިވަރީ ނިޒާމް ޒަމާނީކޮށް ފުޅާކުރުމަށް ކުރެވޭ މަސައްކަތަށް މި ބަދަލުގެ ސަބަބުން ފައިދާ ވާނެކަމަށް ޕޯސްޓު އޮފީހުން ގަބޫލުކުރާ ކަމަށް އެ ފަރާތުން ހާމަކުރި އެވެ.ޕޯސްޓްގެ އޮޕަރޭޝަނާއި، ޑެލިވަރީ ނިޒާމް ހަރުދަނާކޮށް ތަރައްގީކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން، ލީޑިން ޓްރޭޑް ފެސިލިޓޭޓަރެއްގެ ގޮތުން މޯލްޑިވްސް ޕޯސްޓުން އަދާކުރަމުންދާ ދައުރު އިތުރަށް ފުޅާވާނެކަމަށް އެ އޮފީހުން ފާހަގަކުރެ އެވެ. އަދި ހިދުމަތްތައް ޒަމާނީކޮށް ކޮންމެ ހިދުމަތެއްވެސް ރައްޔިތުންނާ ވީހާވެސް ކައިރިން، ފަސޭހަކޮށް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދާނެކަމުގެ ޔަގީންކަން ޕޯސްޓު އޮފީހުން ދިނެވެ.
-1791455226200.jpeg?w=3840&q=75)



