-1791455226200.jpeg?w=3840&q=75)







-1791455226200.jpeg?w=3840&q=75)
-
ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް "އީފާސް" އަށް ޢާންމު ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން، މި ހަފުތާ ބަންދުގައި ހުޅުމާލޭގައި މޮބައިލް ހެލްޕް ޑެސްކް ސެޝަންތަކެއް ބޭއްވުމަށް މޯލްޑިވްސް ޑިޖިޓަލް ސަރވިސަސް (އެމްޑީއެސް) އިން ނިންމައިފިއެވެ.
މިއީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ "ޑިޖިޓަލް މޯލްޑިވްސް ފޯ އެޑެޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން" (DMADD) ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތާވަލު:
މި ސެޝަންތަކަށް ވަޑައިގަންނަވާއިރު އީފާސް އެކައުންޓުގެ ވެރިފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑު ގެންދިއުމުން، ހެލްޕް ޑެސްކް ޓީމުގެ އެހީތެރިކަމާއެކު އީފާސް ރަޖިސްޓްރީ ކުރުމާއި، ބަޔޯމެޓްރިކް ފޭސް ވެރިފިކޭޝަން ހެދުމުގެ ޚިދުމަތް ވަގުތުން ލިބިގެންދާނެއެވެ. މީގެއިތުރުން، އެކައުންޓާ ގުޅިގެން ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމާއި، ސަރުކާރުގެ އެކި އިދާރާތަކުގެ ޕޯޓަލްތަކަށް ޕާސްވޯޑަކާ ނުލައި ފަސޭހައިން ވަދެ ޚިދުމަތް ހޯދާނެ ގޮތްތަކުގެ މަޢުލޫމާތުވެސް މި ސެޝަންތަކުން ފޯރުކޮށްދޭނެއެވެ.
ޑީމެޑް ޕްރޮޖެކްޓާއި އެމްޑީއެސް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ދެ ހަރަކާތް ވަނީ ކާމިޔާބުކަމާއެކު މިދިޔަ އޯގަސްޓް 19 ގައި ކުޅުދުއްފުށި ސިޓީގައި އަދި ސެޕްޓެމްބަރު 9 ގައި ދ. ކުޑަހުވަދޫގައި ބާއްވާފައެވެ.
"ޑިޖިޓަލް ރާއްޖޭގެ ތަޅުދަނޑި" ގެ ގޮތުގައި ބޭނުންކުރަމުން އަންނަ އީފާސް އަކީ ސަރުކާރުގެ "މޯލްޑިވްސް 2.0" ތަޞައްވުރުގެ ދަށުން، އާންމު ޚިދުމަތްތައް ޒަމާނީކޮށް ޑިޖިޓަލް ގޮތުން ބާރުވެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އެޅިފައިވާ އެންމެ މުހިންމު އެއް ބިންގަލެވެ. މި ހަފުތާ ބަންދުގައި ކުރިއަށްދާ މި ސެޝަންތަކަށް ޒިޔާރަތްކޮށް އެހީތެރިކަން ހޯދުމުގެ ފުރުޞަތު ހުރިހާ ރައްޔިތުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.
-1791455226200.jpeg?w=3840&q=75)




-1791455226200.jpeg?w=3840&q=75)


