


.jpeg?w=3840&q=75)

.jpeg?w=3840&q=75)



އެޗްޑީސީން ގާއިމުކުރުމަށް ހަމަޖެހިފައިވާ، އައުޓްޑޯ ޖިމްތަކުގެ ތެރެއިން، ހަތް ރަށެއްގެ ޖިމް ގާއިމުކޮށް ނިންމާލައިފިއެވެ.
މިއީ ނެޝަނަލް ފިޓްނަސް ޕްލޭނާއި އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ، ރިޔާސީ ވައުދުފުޅު ފުއްދެވުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތެކެވެ.
އެޗްޑީސީ އިން ބުނީ މަސައްކަތް ކުރަމުން އަންނަނީ ނުނިމި ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމާލުމަށެވެ.
ރައްޔިތުންގެ މެދުގައި ކަސްރަތު ކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގެ މަގުސަދުގައި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ގާއިމުކުރާ މި ޖިމްތަކުގައި ހުންނާނީ ފެންވަރު ރަނގަޅު ޒަމާނީ އިކުއިޕްމަންޓްތަކެވެ.
މިގޮތުން ޖިމް ގާއިމުކޮށް ނިމުނު ހަތް ރަށަކީ؛
· އއ. ފެރިދޫ
· އއ. އުކުޅަސް
· އދ. ދިގުރަށް
· އދ. ފެންފުށި
· އދ. މާމިގިލި
· އދ. މަންދޫ
· ބ. ގޮއިދޫ
އެޗްޑީސީގެ އަމާޒަކީ ކުންފުނީގެ ސީއެސްއާރުގެ ދަށުން، ދިވެހި މުޖްތަމައުއަށް ފައިދާހުރި މިފަދަ އިތުރު މަޝްރޫއުތައް ވެސް މުސްތަގުބަލުގައި ކުރިއަށްގެންދިއުމެވެ. މިކުންފުނިން މިހާރު ވެސް ވަނީ ވަރަށް ގިނަ ސީއެސްއާރު ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގާފައެވެ.



.jpeg?w=3840&q=75)



.jpg?w=3840&q=75)
