


.jpg?w=3840&q=75)

-1790261966339.jpeg?w=3840&q=75)



މޫސުންތަން ގޯސްވެ އިވެންޓް ބޭއްވުމަށް ތަންނުދޭނެ ކަމަށް ލަފާކުރެވޭތީ މިއަދު ހަވީރު ފުލުހުންގެ ޚިދުމަތުން ބާއްވަން ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރު ފަސްކޮށްފިއެވެ.ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިން ބުނެފައި ވަނީ، ހުޅުމާލެ ޕޮލިހުގެ ފަރާތުން ބާއްވާ ކުޑަކުދިންގެ ހަވީރެއް މިއަދު ހަވީރު އޮންނާނެ ކަމަށެވެ.ހަވީރު 4:00 އިން 6:00އަށް ފޭސް 2 ރުއްގަނޑު 3 ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރުގެ ތެރެއިން ޚާއްސަ ލަކީ ޑްރޯ އިނާމުތަކެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.އެހެންނަމަވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރު ކެންސަލް ކުރެވިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.
ހަވީރު ބާއްވާނެ ތާރީޚެއް އެ ޚިދުމަތުން ފަހުން އިއުލާންކުރާނެއެވެ.



.jpg?w=3840&q=75)




