.jpg?w=3840&q=75)






.jpg?w=3840&q=75)
ވާރޭވެހިފައިވާ ދުވަހެއް- ފޮޓޯ: ގާފު
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ދ.އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ މިއަދު ހެނދުނު 10:00 އިން ފެށިގެން 16:00 އާ ހަމައަށް މި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށެވެ.
މި ސަރަހައްދުތަކަށް މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަަވާނެކަމަށްވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.
ރާއްޖެއަށް މިދުވަސްވަރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އަދި މި ހަފްތާ ބަންދުގެ އިތުރުން ކުރިއަށް އޮތް ހަފްތާގައިވެސް އުތުރާއި މެދުރާއްޖެތެރޭގެ ރަށްރަށަށް ބޯކޮށްވާރޭވެހުން އެކަށީގެންވާއިރު،ދެކުނުގެ ރަށްރަށަށްވެސް ވިއްސާރައިގެ އަސަރުކުރާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
.jpg?w=3840&q=75)


