

.jpg?w=3840&q=75)

-1790261966339.jpeg?w=3840&q=75)




މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ތިން މީހުން- ފޮޓޯ: ފުލުހުން
މަސްތުވާތަކެތީގެ މައްސަލައެއްގައި ޅ. އަތޮޅުން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހިތްވަރު / ޅ. ނައިފަރު، އަނަސް އަބްދުﷲ (19އ) އާއި ކޮތަރިވިލާ / ޅ. އޮޅުވެލިފުށި، މުޙައްމަދު މިފްޒާލް (25އ) އަދި ޑައިމްވިލާ / ޅ. އޮޅުވެލިފުށި، އަޙްމަދު އާދިލް (20އ) ކަމަށެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ޅ. އަތޮޅުގެ ދެރަށްކަމަށްވާ ނައިފަރާއި އޮޅުވެލިފުށީގައި ހިންގި 2 އޮޕަރޭޝަންގައި ކަމަށެވެ. އަދި މި މަހުގެ 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގެ ތެރެއިން އަނަސް ޢަބްދުﷲ އާއި މުޙައްމަދު މިފްޒާލް ހައްޔަރުކޮށްފައިވަނީ އޮޅުވެލިފުށި ޕޮލިހާއި، ކުރެންދޫ ޕޮލިހާއި، ނައިފަރު ޕޮލިހާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައިކަމަށް ފުލުހުން ބުންޏެވެ. އަދި ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި 43 ކަރުދާސްކޮޅު ފެނިފައިވާއިރު، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3.93 ގުރާމްކަމަށް ފުލުހުން ފާހަގަކުރި އެވެ.
ދެވަނަ އޮޕަރޭޝަނަކީ ނައިފަރުގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ނައިފަރުން ޕޮލިހުން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ބުންޏެވެ. އަދިމި އޮޕަރޭޝަންގައި އަޙްމަދު އާދިލް ނައިފަރުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާއިރު، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 10.79 ގުރާމްކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަނަސް ޢަބްދުﷲ އާއި މުޙައްމަދު މިފްޒާލް 8 ދުވަހަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައި ވާއިރު އަޙްމަދު އާދިލް 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.


.jpg?w=3840&q=75)

-1790261966339.jpeg?w=3840&q=75)



