








މަޝްހޫރު ކުޑަކުދިންގެ ޔޫޓިއުބް ތަރި މިސް ރޭޗަލް
އެމެރިކާގެ މަޝްހޫރު ކުޑަކުދިންގެ ޔޫޓިއުބް ތަރި މިސް ރޭޗަލް'، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި 1 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާކުރަން ނިންމައިފިއެވެ.
މިއީ އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ މެކްލެމޯރ ފަލަސްތީނަށް އެހީވުމަށް ދޭން އިއުލާނުކުރި 1 މިލިއަން ޑޮލަރާ އެއްވަރުގެ އަދަދެކެވެ.

IMG_3534.jpg
ޣައްޒާއާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ސަބަބުން އެޑް ޝީރަންގެ "ލޫޕް ޓުއާ" އިން މެކްލެމޯރ ބޭރުކުރުމާ ގުޅިގެން، އޭނާ ވަނީ އެ ޓުއާއިން ލިބުނު ހުރިހާ ފައިސާއެއް ފަލަސްތީނަށް އެހީވާ ޖަމިއްޔާތަކަށް ހަދިޔާކުރަން ނިންމާފައެވެ.
މިސް ރޭޗަލް އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލުމަށާއި ފަލަސްތީނަށް އެހީވުމަށް މުއްސަނދި އެހެން މަޝްހޫރު ތަރިންނަށް ވެސް ގޮވާލާފައެވެ. އަދި 20،000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައިވާއިރު، އެ ކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް ލިބިފައިވާ ނުފޫޒާއި ޕްލެޓްފޯމްތައް ބޭނުންކުރުމަކީ ވާޖިބެއްކަމަށް އޭނާ ފާހަގަކުރިއެވެ. މިސް ރޭޗަލްގެ މި ނިންމުމަށް މެކްލެމޯރ ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
މެކްލެމޯރ އެޑް ޝީރަންގެ ޓުއާއިން ބޭރުކުރުމާއެކު، އެ ޓުއާގައި ބައިވެރިވާން ތިބި އެހެން ގިނަ ފަންނާނުންތަކެއް ވެސް ވަނީ ޓުއާ ދޫކޮށްލާފައެވެ. އޭގެ ތެރޭގައި ފިނިއަސް އަދި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ.
އެޑް ޝީރަން ބުނެފައިވަނީ މެކްލެމޯރ ޓުއާއިން ވަކިކުރުމަކީ އޭނާގެ ނިންމުމެއް ނޫން ކަމަށާއި، އެއީ ޝޯ އިންތިޒާމުކުރި ފަރާތުގެ ނިންމުމެއް ކަމަށެވެ. އަދި އިސްރާއީލާއި ފަލަސްތީނުގެ މައްސަލައާމެދު އޭނާގެ އަމިއްލަ ހިޔާލުތަކެއް ހުރިކަމަށާއި، ފަންނާނެއްގެ ގޮތުގައި މެކްލެމޯރ އަށް އިހުތިރާމްކުރާ ކަމަށްވެސް އެޑް ޝީރަން ވަނީ ބުނެފައެވެ.




