





.png?w=3840&q=75)


ވިލާ ކޮލެޖް
ބޮޑުތަކުރުފާނު މަގު، ވިލާ ކޮލެޖް ކައިރިން 2 ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ މިއަދު ހެނދުނު 8:15 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓުގައި އެ ތަނުން އެއް ސައިކަލުގެ ފަހަތުގައި އިން 17 އަހަރުގެ އަންހެން ކުއްޖާއަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އެ ކުއްޖާއަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ފާހަގަކުރި އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ ދެ ސައިކަލު ވެސް ދުއްވާފައިވަނީ ލައިސަންސް އޮންނަ ދެ މީހުން ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.




