
%20(3).jpeg?w=3840&q=75)







ޕީއެންސީ ކޮންގްރެސްގައި ބައިވެރިވާ އެ ޕާޓީގެ މެމްބަރުންނާ ރައީސް ޑރ. މުއިއްޒު ބައްދަލު ކުރައްވަނީ. --- ފޮޓޯ: ޕީއެންސީ
ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެންމެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި 1،300 އަށް ވުރެ ގިނަ މަންދޫބުންނާއެކު މިއަދު ފަށައިފިއެވެ.
މާލޭގެ ސޯޝަލް ސެންޓަރުގައި ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ބައްދަލުވުން ރަސްމީކޮށް ހުޅުއްވައިދެއްވީ ޕާޓީގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިއަދު ހެނދުނު ބޭއްވި މި ކުލަގަދަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ހުރިހާ ދާއިރާތަކެއް ތަމްސީލުވާ ގޮތަށް ބޭއްވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ޕާޓީގެ މެންބަރުން އަބަދުވެސް އިސްކުރަންވާނީ ޤައުމާއި ޕާޓީގެ މަސްލަހަތު ކަމަށެވެ. އެގޮތުން ޕީއެންސީގެ އެންމެ މައިގަނޑު އަސާސަކީ އަދި ޝިއާރަކީ "ޤައުމު" ކަން ހަނދާންކޮށްދެއްވަމުން، ޕާޓީ ކުރިއަށްދާންވާނީ އެ ވިސްނުމުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރައްޔިތުންނަށް ފުރިހަމަ ޚިދުމަތްތަކެއް ދިނުމަށާއި، އެކަތިގަނޑެއްގެ ގޮތުގައި ޕާޓީގެ ހަރަކާތްތައް ފުޅާކުރުމުގެ ފުރިހަމަ ރޫޙު މެންބަރުންގެ ކިބައިގައި އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ކޮންގްރެސްގެ ތެރެއިން ޕީއެންސީގެ އިސް އެކި މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ޒުވާނުންނާއި އަންހެނުންގެ ގޮފީގެ ރައީސް، ނައިބު ރައީސް، ސެކްރެޓަރީ ޖެނެރަލް އަދި ޚަޒާންދާރުގެ މަގާމު ހިމެނެއެވެ.
ޕީއެންސީގެ ސެނެޓު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތަފާސްހިސާބު:
މި ސަރުކާރުގެ ވެރިކަން ފެށުނުއިރު އެންމެ 3،000 މެންބަރުން ތިބި ޕީއެންސީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ބޮޑުތަނުން ފުޅާވެ، މިހާރު އެ ޕާޓީގެ ދަފްތަރުގައި 77،000 އަށް ވުރެ ގިނަ މެންބަރުން ވަނީ ހިމެނިފައެވެ.

%20(3).jpeg?w=3840&q=75)


