

.jpeg?w=3840&q=75)






ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްސަލަ ކޯޓުގައި ޕާކުކޮށްފައި ނުބާއްވާ އަވަސްކޮށްދިނުމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީން އެންމެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހްމަދު ގޮވާލައްވައިފިއެވެ.
ޑރ. ޖަމީލް މިހެން ގޮވާލެއްވީ "ފެހި ސިގްނަލް" ގެ ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މި ޖަލްސާގައި ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކޯޓުތަކުގައި މިހާރު ހުރި މައްސަލަތައް މިހިނދުން މިހިނދަށް ނިންމެވުމަށް ސާފުކޮށް ގޮވާލައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެންމެ އަނިޔާވެރި ވެރިޔާ ކަމަށާއި، ރައީސް މުހައްމަދު މުއިއްޒު އެ މަގުން ހިނގަވައިގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) އާ ހަވާލާދެއްވައި ޑރ. ޖަމީލް ވަނީ ކޮންމެ ރައްޔިތަކަށް މީހަކާ ދޭތެރޭގައި ލަސްނުވެ، އެކަށީގެންވާ އަވަސް މިނެއްގައި ޝަރީއަތް ކުރުމުގެ އަސާސީ ހައްގު ލިބިގެންވާ ކަމަށާއި އެހެންކަމުން، ކޮންމެ ގޮތަކަށް ވިޔަސް އެ މައްސަލަތައް ކޯޓުތަކުގެ ތެރެއިން ނިންމެވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް އެބޭފުޅުން ތައްޔާރަށް ތިއްބެވިކަން ހާމަކުރައްވާފައެވެ.
ޑރ. ޖަމީލު ވަނީ މިއަދުން ފެށިގެން އެ މައްސަލަތައް "ޕާކުކޮށްފައި" ނުބޭއްވޭނެ ކަމަށާއި، މައްސަލަތައް އަވަސްކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ޕާޓީން ތެދުވެ، ފުރިހަމަ އިހުތިޖާޖަކަށް ދާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ.
ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާ ގުޅޭގޮތުން ކޯޓުތަކަށް ހުށައަޅާފައިވަނީ އެމްއެމްޕީއާރުސީ ޚިޔާނާތާއި ގުޅުން ހުރި މައްސަލަތަކެވެ. އޭގެ ތެރެއިން ރ. ފުއްގިރި ދޫކުރުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރކުރި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ނިމުމަކާ މިހާރު ވަނީ ގާތްވެފައެވެ.


.jpeg?w=3840&q=75)



.jpg?w=3840&q=75)

%20(2).jpg?w=3840&q=75)