.png?w=3840&q=75)






.png?w=3840&q=75)
އެކްސިޑެންޓްގެ ސީން
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 9 އަހަރުގެ ކުޑަ އަންހެންކުއްޖާ ނިޔާވެއްޖެއެވެ.
އެ ކުއްޖާ ނިޔާވިކަން ކުއްޖާގެ ބައްޕަ ވަނީ ކަށަވަރުކޮށްދީފައެވެ.
ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު، ވިނަރެސް 7 ކައިރިން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެރޭ 21:04 އެހައިކަންހާއިރުއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލައާ ގުޅިގެން ދެ އުޅަނދެއް ޓޯކޮށްފައިވާ ކަމަށާއި ޓޯކޮށްފައިވަނީ ދެ ކާރު ކަމަށެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ކައިރީގައި މަޑުކޮށްގެން އޮތް ކާރަކަށް އަރަން ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ.
މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
.png?w=3840&q=75)



