

.jpeg?w=3840&q=75)






އެމްޓީޑީސީގެ ޗެއާމަންގެ މަޤާމަށް އައްޔަންކުރި ޝަހީރު
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ ޗެއާމަންކަމުގެ މަގާމަށް އަހްމަދު ޝަހީރު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އެމްޓީޑީސީގެ ޗެއާމަންގެ މަގާމަށް ޝަހީރު އައްޔަންކޮށްފައިވަނީ އިއްޔެ ކަމަށެވެ.
ޕީސީބީން ބުނީ އެމްޓީޑީސީގެ ޗެއާމަންކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް މ.ލާލުބާޣު، އަޙްމަދު ޝަހީރު، އެކުންފުނީގެ ބޯޑުން އައްޔަނުކޮށްފައިވާ ކަމަށެވެ.
މި ސަރުކާރުގައި ޝަހީރު ވަނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމު އަދާކުރައްވާފަ އެވެ. އަދި މީގެކުރިން ފެނަކަ ކޯޕަރޭޝަންގެ ބޯޑުގެ ޗެއާމަންކަން ޝަހީރުކުރެއްވިއިރު، އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރުކަންވެސް 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ޝަހީރު ވަނީ ކުރައްވާފަ އެވެ.


.jpeg?w=3840&q=75)

