
.jpg?w=3840&q=75)

.jpeg?w=3840&q=75)



.jpeg?w=3840&q=75)
.jpg?w=3840&q=75)
-
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމަށް މީޑީއާތަކުން އިންތިހާބުވެފައިވާ ބޭފުޅުމް އެކޮމިޝަނަށް އައްޔަނުކޮށްފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު ގެ 17 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތީން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް 3 ބޭފުޅުން އިންތިޚާބުވެފައިވާތީ، އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތީން، އެ ކޮމިޝަނުގެ މެންބަރުކަމަށް އެ ބޭފުޅުން މިއަދު ހަމަޖައްސަވާފައިވާ ކަމަށެވެ.
އެގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 (ދޭއް) މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ށ.ފޭދޫ މޫނިމާގެ، ޢަބްދުލްޢަޒީޒް އިބްރާހީމާއި ގދ.ތިނަދޫ، މަލަ، ޒަމްޢަތު އަޙްމަދު ވަޙީދެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ 2 (ދޭއް) މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ގދ. ރަތަފަންދޫ، ވެލީގެ، ސިމާޙާ ނަސީމާއި ހދ. ވައިކަރަދޫ، ހިސާން، ޙުސައިން ޘަޤީފެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލެވިގެންވަނީ ޖުމްލަ 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ.
އެއީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 (ތިނެއް) މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 (ހަތަރެއް) މެންބަރުންނެވެ.

.jpg?w=3840&q=75)

.jpeg?w=3840&q=75)



.jpg?w=3840&q=75)
.jpg?w=3840&q=75)