








ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓް- ފޮޓޯ: ގާފު
މާލެ ބޮޑުތަކުރުފާނުމަގު ދަރުބާރުގެ ކައިރީ ހިނގި އެކްސިޑެންޓްގައި އުމުރުން ދުވަސްވީ 2 މީހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ދަރުބާރުގެ ކައިރީ ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ހިނގި މައުލޫމާތު މިއަދު ހެނދުނު 17:10 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 69 އަހަރުގެ ދިވެހި ފިރިހެނަކަށާއި ސައިކަލު ފަހަތުގައި އިން 72 އަހަރުގެ ދިވެހި އަންހެނަނަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުންނަށް ސީރިއަސް އަނިޔާއެއްވެފައިނުވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.




