






އެމްޓީސީސީ ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
އެ ސަރަހައްދުގައި ތިބި 'ގާފު' ގެ ނޫސްވެރިން މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދާން އަރާ ބްރިޖު ކައިރީ އެމްޓީސީސީ ބަހަކާއި ސައިކަލެއް ޖެހިގެންނެވެ. އަދި މި އެކްސިޑެންޓުގައި ސައިކަލުގައި ތިބީ އަންހެނަކާއި ފިރިހެނެއް ކަމަށް ވެސް ބުނެއެވެ.
މި ހާދިސާ އާ ގުުޅޭ އިތުރު ތަފްސީލެއް ކަމާބެހޭ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި ހާދިސާގައި ޝާމިލުވާ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ވެސް އަދި ނޭނގެއެވެ.




