.jpg?w=3840&q=75)
.jpeg?w=3840&q=75)






.jpeg?w=3840&q=75)
އިންނަމާދޫއާއި މާރަންދޫގައި ތަރައްގީގެ މަޝްރޫޢު ހިންގަން އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.މިއެއްބަސްވުންތަކުގެ ދަށުން އިންނަމާދޫ މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުމާއި 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢުގެ ދަށުން، 100 މީޓަރުގެ ބޮޑުހިލަ ގްރޮއިން ޖެހުމާއި، 200 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރެއް ގާއިމުކުރުމުގެ އިތުރުން 4،100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބީޗް ނަރިޝްމަންޓް ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ހއ. މާރަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން 2.28 ހެކްޓަރުގެ ސަރަހައްދެއް ބެކްފިލް ކުރުމާއި، 939 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން 312 މީޓަރުގެ ބޮޑުހިލަ ލޯކްރެސްޓް ބްރޭކްވޯޓަރެއް ގާއިމުކުރުމާއި، 180 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން ވެސް މިމަޝްރޫޢުގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.2 ރަށެއްގެ އުމްރާނީ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކުގެ މަސައްކަތްތައް މިއަދު އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، ދާދިފަހުން 9 ރަށެއްގައި ކުރިޔަށްގެންދާ މަޝްރޫޢުތައް އެކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ގިނައީ ބަނދަރާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢުތަކެވެ.
.jpg?w=3840&q=75)
.jpeg?w=3840&q=75)


