








ފިލްމް "ދެވި" ގެ ސީނެއް- ފޮޓޯ: ދެވި އިންސްޓަގްރާ
ދިވެހި ސިނާމާއަށް ގެންނަން ތައްޔާރުވަމުންދާ ބޮޑު ބައެއް އިންތިޒާރުކުރަމުންދާ ޕްރޮޓަކްޝަން ޑީ ގެ ފިލްމް "ދެވި" ގެ ރަސްމީ މިއުޒިކް ލޯންޗިންގް ބޮޑު އިވެންޓް މިރޭގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.
މިރޭ ސެންޓްރަލް ޕާކްގައި 8 ޖަހާއިރުން ފެށިގެން އޮންނަ މި ލޯންޗިންގް އިވެންޓްގައި ރާއްޖޭގައި ނަން ވިދާލާފައިވާ ލަވަކިޔުންތެރިންނާއި، މިހާރު އަރަމުންދާ ލަވަކިޔުންތެރިންގެ އިތުރުން އެކަތި ބޮޑުބެރުގެ ޝޯ އަދި އެކްސްޓްރީމް ލެވެލްގެ ފަރި ހަރަކާތްތައްވެސް ފެނިގެންދާނެ އެވެ.
މި ފިލްމްގެ އެންމެ ފޯރިގަދަ އަދި މުހިންމު މަންޒަރު ކްލައިމެކްސް ސީން ނެގުމަށް ތައްޔާރުކުރި ހާއްސަ ކޮޓަރީގެ ސެޓުގެ މަސައްކަތްތައް ފިލްމުގެ ޓީމުން އާންމުންނަށް ދައްކާލާފައިވެ އެވެ.
ފިލްމުގެ ކްލައިމެކްސް ސީންއަށް ހާއްސަކޮށްގެން ހެދި މި ކޮޓަރީގެ ބުރަ މަސައްކަތްތަކެްް ކޮށްފައިވާއިރު، މިއީ ފިލްމުގެ މަންޒަރުތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށްކަށްވާއިރު، މިކަމާ ގުޅިގެން ފިލްމްގެ ޓީމުން ވަނީ މި މަސައްކަތާއި މުޅި ފިލްމުގެ މަސައްކަތްތާ ގުޅިގެން ޝުއޫރު ފާޅުކޮށްފަ އެވެ.
ފިލްމުގެ ޓީމުން ބުނީ ފިލްމުގެ ކޮންމެ ސެޓެއްވެސް ތައްޔާރުކޮށް ވުޖޫދަށް ގެނެސްފައިވަނީ ބުރަ މަސައްކަތާއި، ލޯތްބާއި އަދި ބަދަހި ޓީމް މަސައްކަތްތަކެއް ތެރެއިން ކަމަށެވެ. އަދި މިއީ އެންމެންގެ ބަދަހިކަމާއި، އެންމެ އެއް އަމާޒަކަށް އަދި އެއް ތަސައްވުރަކަށް މަސައްކަތްކުރަމުންދާ ކަމުގެ ބޮޑު ހެއްކެއްކަމަށް ޓީމުން ފާހަގަކުރިއިރު، މި މަސައްކަތްތައް މިހާ ފުރިހަމަކޮށް ފެނިގެންދިއުމުން ބަޔާންކުރަން އުދަނގޫ އުފާވެރިކަމެއް އިހްސާސްވެގެން ދިޔަ ކަމަށް ޓީމުން ބުންޏެވެ.
މީގެއިތުރުން ޓީމުން ވަނީ މި ބުރަ ބޮޑު މަސައްކަތުގައި ޝާމިލްވީ ހުރިހާ ފަރާތްތަކުގެ މަސައްކަތައް ފަހުރުވެރިވާކަމާއި، އެކަމުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ޝުކުރުވެރިވާ ކަމަށް ބުނެފަ އެވެ. އަދި މިއިން ކޮންމެ ސެޓެއްގެ ފުރިހަމަކީ މި މަސައްކަތުގެ ބައިވެރިވި މީހުންގެ ހާއްސަ ހިއްސާކަމަށް ޓީމުން ފާހަގަކުރި އެވެ.
މި ފިލްމް އޮލިމްޕަހުގައި އެޅުވުމަށް އިއުލާންކޮށްފައިވާ ތާރީހަކީ މި އަންނަ މަހުގެ 26 ވަނަ ދުވަހު އެވެ. އަދި މިހާރުވެސް ފިލްމުގެ އޮންލައިން ބުކިންނަށްވަނީ ހުޅުވާލާފަ އެވެ.




