




.jpeg?w=3840&q=75)



-
ގދ. އަތޮޅުގެ ރައްޔިތުން ޑިޖިޓަލް ދުނިޔެއަށް ހޭލުންތެރިކުރުވުމަށާއި، އިންޓަނެޓް މެދުވެރިކޮށް ހިންގާ އެކި ބާވަތުގެ ކުށްތަކުން ރައްކާތެރިވުމަށް މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަންތަކެއް އެ އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 18 އިން 26 ގެ ނިޔަލަށް މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ސައިބަރ ކްރައިމް ސެންޓަރާއި ގދ. އަތޮޅު ފުލުހުން ގުޅިގެންނެވެ. ގދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭހެން ބޭއްވި މި ސެޝަންތަކުގައި ޖުމްލަ 377 މީހަކަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.
މި ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ދީފައިވަނީ:
މީގެ އިތުރުން، އާއިލާގައި އުޅޭ ކުޑަކުދިންނާއި އިސްރަށްވެހިން ސައިބަރ ކުށްތަކުން ރައްކާތެރިކުރުމަށްޓަކައި ބެލެނިވެރިއެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކާއި، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ބައިވެރިންނަށް ވަނީ މަޢުލޫމާތު ދީފައެވެ.








