



.jpeg?w=3840&q=75)
.jpeg?w=3840&q=75)

.png?w=3840&q=75)

ހުޅުދުއްފާރުގެ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީއާއި ކައުންސިލާ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: މިނިސްޓްރީ
ރ. ހުޅުދުއްފާރުގެ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އޭނާޖީން އެރަށު ކައުންސިލާއެކު މަޝަވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
މި ބައްދަލުވުމުގައި ރަށުގެ ތިމާވެއްޓާއި ހަކަތައާ ގުޅުންހުރި މުހިންމު ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެ އެވެ.
މައިގަނޑުކޮށް މި ބައްދަލުވުމުގައި އަލިއަޅުއްވާލާފައިވަނީ ހުޅުދުއްފާރުގައި މިހާރު ހުރި ކުނި މެނޭޖްކުރާ މަރުކަޒުގެ ފެންވަރު މަތިކުރުމާއި، ޒަމާނީ ވަސީލަތްތަކާއެކު އެތަން ތަރައްގީ ކުރުމަށެވެ. އަދި ރަށުގެ ފެނާއި ނަރުދަމާ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ހަކަތައިގެ ދާއިރާއިން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެ އެވެ.
މީގެއިތުރުން އެރަށުގެ ގޮނޑުދޮށުގައި ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުންނާއި، މިނިސްޓްރީގެ ދަށުން އެ ރަށުގައި މިހާރު ކުރަމުންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތާއި ކުރިއަށް ރޭވިފައިވާ ތިމާވެށީގެ އެކި މަސައްކަތްތަކާއި ގުޅޭގޮތުން ކައުންސިލުން ވަނީ މިނިސްޓްރީގެ ފަރާތުން މައުލޫމާތު އޮޅުންފިލުވާފަ އެވެ.
މިނިސްޓްރީން މަސައްކަތްކުރަނީ ރަށްރަށުގެ ކައުންސިލްތަކާއި ގާތުން މަސައްކަތްކޮށް، ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމުތައް ގާއިމްކޮށް އަދި ރައްޔިތުންނަށް ދިމާވާ ތިމާވެށީގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.




.jpeg?w=3840&q=75)



