


.jpeg?w=3840&q=75)




ޕީޓް ޑޭވިޑްސަން. އޭނާގެ އައު ފިލްމު 'ޓޮމީ ކަރާޓޭ' ގެ ސެޓުން
އެމެރިކާގެ މަޝްހޫރު ކޮމީޑިއަން އަދި އެކްޓަރ ޕީޓް ޑޭވިޑްސަން އޭނާގެ ކުރިއަށް އޮތް ފިލްމު 'ޓޮމީ ކަރާޓޭ' އަށް ތައްޔާރުވުމުގެ ގޮތުން އޭނާގެ ސިފައަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.
ފިލްމުގެ ސެޓުން ނަގާފައިވާ ފޮޓޯތަކަކުން އޭނާގެ މި އައު ލުކް މިހާރު ވަނީ އާންމުވެފައެވެ.
އާންމުވެފައިވާ މި ފޮޓޯތަކުން ފެންނަ ގޮތުގައި، ޕީޓް ޑޭވިޑްސަން ހުރީ ނޫކުލައިގެ ކޮންޓެކްޓް ލެންސެއް ލައްވައިގެން، އަދި އިސްތަށިގަނޑުވެސް ދިގުކޮށްފައެވެ.
އާންމުކޮށް ކުރުކޮށް އިސްތަށިގަނޑު ކޮށާފައި ހުންނަ އަދި އާދައިގެ ކަޅު ކުލައިގެ ލޮލެއް ހުންނަ ޕީޓްގެ މި ތަފާތު ސިފައަކީ ފިލްމުގައި އޭނާ ކުޅޭ ކެރެކްޓަރގެ ގޮތުން ގެނެސްފައިވާ ބަދަލެކެވެ. މިއީ ސަޕޯޓަރުންނަށް އޭނާ ދެނެގަންނަންވެސް އުނދަގޫވާ ވަރުގެ ބޮޑު ބަދަލެކެވެ.
މި ޚަބަރާއެކު ސޯޝަލް މީޑިއާގައި އޭނާގެ ސަޕޯޓަރުން އަންނަނީ މި ލުކްއާ މެދު އެކި ގޮތްގޮތަށް ވާހަކަދައްކަމުންނެވެ. އަދި އޭނާގެ މި އައު ފިލްމު 'ޓޮމީ ކަރާޓޭ' ގައި އޭނާ ދައްކުވައިދޭނެ އެކްޓިންގ އާއި ފިލްމުގެ ވާހަކައަށް ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.



.jpeg?w=3840&q=75)
