
ތިނަދޫ އާބާދީ 60 ގެ ޙަރަކާތްތަކުގެ ތެރެއިން ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ތިނަދޫ "އާބާދީ 60"ގެ ޙަރަކާތްތަކުގެ ތެރެއިން ތިނަދޫ ސިޓީގައި މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރީގެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދުއާއި އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ތިނަދޫގައި ހުންނަ ބޮޑުދިދަ ނަގާފައިވާއިރު، ތިނަދޫ ސިޓީ ކައުންސިލްގެ މެމްބަރުންނާއި، މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި ސްކޫލް ދަރިވަރުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވިއެވެ.
ތިނަދޫގައި ދެހާހަށްވުރެ ގިނަ މީހުން ދިރިއުޅެމުން ދަނިކޮށް، 1962 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު މަރުޙޫމް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވަނީ އަނިޔާވެރި އަދި ރަޙުމްކުޑަ ގޮތަކަށް އެ ރަށުން މީހުން ބާލައި، ފަޅުކޮށްފައެވެ. އެ ހިތާމަވެރި ހާދިސާއަށްފަހު ތިނަދޫ އަލުން އާބާދުވާން ފެށީ 1966 ގައެވެ. އެ ރަށް އަލުން އާބާދުވި ދުވަހުގެ ގޮތުގައި އަބަދުވެސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރަކުވެސް އޮގަސްޓް 22 ވަނަ ދުވަހުއެވެ.
އެންމެ ފުރަތަމަ ފަހަރަށް މިދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައިވަނީ 1991 ވަނަ އަހަރު 'އާބާދީ 25' ގެ ނަމުގައެވެ.
މިއަހަރުގެ ތިނަދޫ އާބާދުވި ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކަކީ، ތިނަދޫ ސިޓީ ކައުންސިލުން ހުރިހާ ޚަރަދަކާއި އިންތިޒާމުތައް ހަމަޖައްސައިގެން ތިން ދުވަހުގެ މުއްދަތަށް "އުފާފާޅުކުރުމުގެ އީދެއް" ގެ ގޮތުގައި ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.

ތިނަދޫ އާބާދީ 60 ގެ ޙަރަކާތްތަކުގެ ތެރެއިން ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން.
މިކަމަށް މުޅި އެ ސިޓ ވަނީ ވަރަށް ފުރިހަމައަށް ޒީނަތްތެރިކޮށް ތައްޔާރުކޮށްފައެވެ. އެގޮތުން ރަށުގެ މަގުތައް ހިތްގައިމުކުރުމަށް ކުލަބޮކިތަކުން ދިއްލައި، ސާފުތާހިރުކޮށް، ގައުމީ ދިދައާއި ތިނަދޫގެ ދިދަ ބޮޑެތި މަގުތަކުގައި ވަނީ ހަރުކޮށް ވިހުރުވާލާފައެވެ.
މި އުފާވެރި މުނާސަބަތު ފާހަގަކުރުމަށް ތިނަދޫ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ 3 ދުވަހުގެ ފޯރިގަދަ ތާވަލު:
20 އޯގަސްޓް 2026:
21 އޯގަސްޓް 2026:
22 އޯގަސްޓް 2026 (އާބާދީ ދުވަސް):
ތިނަދޫގައި އަލުން މީހުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ ހާއްސަ ޖަލްސާގައި ކުރީގެ ދެ ރައީސުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ތިނަދޫ ގައި އަލުން މީހުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ ހާއްސަ ޖަލްސާ އޮތީ މިރެއެވެ.
އެ ސިޓީގެ ކައުންސިލުން ބުނީ އެ ޖަލްސާއަށް ރައީސް ޔާމީނާއި ރައީސް ނަޝީދަށް ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ. އަދި ދެ ރައީސުން ވެސް އިއްޔެ ވަނީ އެ ސިޓީއަށް ވަޑައިގެންފައެވެ.
އާބާދީ 60 ނަމުގައި ބާއްވާ ޖަލްސާގައި ރައީސް ޔާމީނާއި ރައީސް ނަޝީދުވެސް ވާހަކަފުޅު ދައްކަވާނެއެވެ.
















