


.jpeg?w=3840&q=75)




ކޭޓީ ޕެރީ
މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އަދި އޯލާންޑޯ ބްލޫމްގެ ދަރިފުޅު ޑެއިޒީ ޑަވް ބްލޫމްގެ 6 ވަނަ އުފަންދުވަސް ފާހަގަކޮށްފިއެވެ.
މި އުފަންދުވަސް ފާހަގަކޮށްފައިވަނީ ކުޑަކުދިންގެ މެދުގައި މަގުބޫލު 'ލެގޯލޭންޑް' ގައެވެ. އަދި ލެގޯލޭންޑްގައި ނަގާފައިވާ ފޮޓޯތަކެއްވެސް މިހާރު ވަނީ އާންމުވެފައެވެ.

ކޭޓީ ޕެރީ އަދި އޯލާންޑޯ އަކީ އާންމުގޮތެއްގައި އެމީހުންގެ ދަރިފުޅުގެ ފޮޓޯތަކާއި ޒާތީ ދިރިއުޅުމުގެ ކަންކަން މީޑިއާއާ މާބޮޑަށް ހިއްސާކުރާ ދެމަފިރިންނެއް ނޫނެވެ. އެހެންކަމުން، މި އުފަންދުވަހުގެ ހަފްލާގެ ފޮޓޯތަކަކީ ސަޕޯޓަރުންނަށް ފެނިގެންދިޔަ ވަރަށް ޚާއްޞަ އަދި މަދުން ނޫނީ ނުފެންނަ ފަދަ އުފާވެރި މަންޒަރުތަކެކެވެ.
ޑެއިޒީ އުފަންވެފައިވަނީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭނާގެ 6 ވަނަ އުފަންދުވަހުގެ މަންޒަރުތައް ސޯޝަލް މީޑިއާގައި އާންމުވުމާއެކު، ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ ޑެއިޒީއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔައި، އެ އާއިލާއަށް ހެޔޮއެދުންތައް ފޮނުވަމުންނެވެ.




.jpeg?w=3840&q=75)
