


.jpeg?w=3840&q=75)




ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް. މެޑިސަން ސްކުއެއަރ ގާޑަންގައި އޭނާ ދިން ޝޯގެ ފުރަތަމަ ރޭގައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޑޮލީ ޕާޓަންއަށް ޚާއްޞަ ޓްރިބިއުޓެއް ދީފައި.
މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް، ނިއު ޔޯކްގެ މަޝްހޫރު މެޑިސަން ސްކުއެއަރ ގާޑަންގައި ބޭއްވި އޭނާގެ ޝޯގެ ފުރަތަމަ ރޭ، ކަންޓްރީ މިއުޒިކްގެ ލެޖެންޑް ޑޮލީ ޕާޓަންއަށް ޚާއްޞަ ޓްރިބިއުޓެއް ދީފިއެވެ.
މި ޚާއްޞަ ޓްރިބިއުޓަކީ ޝޯއަށް ދިޔަ ގިނަ ބައެއްގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓުނު އަދި ގިނަ ބައެއްގެ ހިތްތަކަށް އަސަރުކުރުވި ވަގުތުކޮޅެކެވެ.
އެގޮތުން އޭނާ ވަނީ ސްޓޭޖުމަތީގައި ޑޮލީ ޕާޓަންއަށް ތައުރީފުކޮށް، މިއުޒިކީ ދާއިރާއަށް ޑޮލީ ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް ވާހަކަދައްކާފައެވެ.
މި ޚަބަރު ސޯޝަލް މީޑިއާގައި އާންމުވުމާއެކު، ހެރީ ސްޓައިލްސްގެ ސަޕޯޓަރުންނާއި ޑޮލީ ޕާޓަންގެ ސަޕޯޓަރުން އަންނަނީ މިކަމަށް ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ. އަދި މިއީ ތަފާތު ޖީލުތަކުގެ ފަންނާނުންގެ މެދުގައި އޮންނަ ގުޅުމާއި، ކުރީގެ ލެޖެންޑުންނަށް މިހާރުގެ ޒުވާން ތަރިން ކުރާ އިހުތިރާމް ދައްކުވައިދޭ ވަރަށް ފުރިހަމަ މިސާލެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.



.jpeg?w=3840&q=75)
