


.jpeg?w=3840&q=75)




އެމިލީ އިން ޕެރިސް' ގެ މަންޒަރެއްގައި. މި ކާމިޔާބު ސީރީޒްގެ އެންމެ ފަހު ސީޒަން (ސީޒަން 6) އާއެކު ޝޯ ނިންމާލަން މިހާރު ވަނީ ނިންމާފައި'
ނެޓްފްލިކްސްގެ އެންމެ މަގުބޫލު އެއް ސީރީޒް ކަމަށްވާ 'އެމިލީ އިން ޕެރިސް' ގެ 6 ވަނަ ސީޒަނަކީ އެ ޝޯގެ އެންމެ ފަހު ސީޒަން ކަމަށް ކަނޑައަޅައި، ޑިސެމްބަރ މަހުގެ 24 ގައި ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ.
ލިލީ ކޮލިންސް ލީޑް ރޯލު ކުޅޭ މި ސީރީޒްގެ ފަހު ސީޒަނަށް ސަޕޯޓަރުން އަންނަނީ ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.
އެމެރިކާއިން ޕެރިހަށް ވަޒީފާ ބަދަލުވާ އެމިލީ ނަމަކަށް ކިޔާ ޒުވާން އަންހެނެއްގެ ދިރިއުޅުމާއި، އޭނާއަށް ދިމާވާ މަޖާ އަދި ލޯބީގެ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ސީރީޒްއަކީ މުޅި ދުނިޔޭގައިވެސް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ޝޯއެކެވެ.
ރިޕޯޓުތައް ބުނާގޮތުން، 6 ވަނަ ސީޒަނާއެކު އެމިލީގެ ދިރިއުޅުމާއި އޭނާގެ ކެރިއަރަށް އަންނަ ބަދަލުތައް ވަރަށް ފުރިހަމައަށް ނިންމާލާނެއެވެ.
މި ޝޯގެ އެންމެ ފަހު ސީޒަނުން ލިލީ ކޮލިންސްގެ އިތުރުން ޝޯގެ މެއިން ކާސްޓުގައި ހިމެނޭ ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ. ޝޯގެ އުފެއްދުންތެރިންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، މިއީ ބެލުންތެރިންނަށް ވަރަށް ޚާއްޞަ އަދި އެހާމެ ފުރިހަމަ ނިމުމަކަށް ވެގެންދާނެއެވެ.



.jpeg?w=3840&q=75)
