
ވަރުން ދަވަން އޭނާ ގެ ދަނޑުގައި
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ވަރުން ދަވަން އޭނާގެ ދިރިއުޅުމުގެ އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ފާހަގަކޮށް، އަމިއްލަ ދަނޑެއް ގަތްކަން އިއުލާނުކޮށްފިއެވެ.
އިންސްޓަގްރާމްގައި "އައި ބޯޓް އަ ފާމް" (އަހަރެން ދަނޑެއް ގަނެފިން) މި ކެޕްޝަނާއެކު ހިއްސާކުރި ވީޑިއޯއެއްގައި ވަރުން ހުރީ އޭނާގެ އައު ބިމުގައި ހިތްގައިމު މޫސުމެއްގައި ސަޔާއި ބިސްކޯދު ކާށެވެ.
39 އަހަރުގެ އެކްޓަރު މި ވީޑިއޯގައި ފޭނުންނަށް މުޚާތަބުކޮށް ބުނެފައިވަނީ، "މިއީ އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު ކާމިޔާބީ. އަހަރެން ދަނޑެއް ގަނެފިން. ކީއްވެގެންކަން ނާހާ، އެކަމަކު މި މޫސުމުގައި މިތާ ހުރެ ސަޔާއި ބިސްކޯދު ކާލަން ލިބުމަކީ ގަބޫލުކުރަންވެސް ދަތި އުފަލެއް،" ކަމަށެވެ.
ވަރުންގެ މި ޕޯސްޓަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ފޭނުންނާއި އެކުވެރިން އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.
ބައެއް މީހުން މިއީ ދުޅަހެޔޮ ދިރިއުޅުމަކަށް އެޅުނު ފިޔަވަޅެއް ކަމަށް ބުނެފައިވާއިރު، އަނެއް ބަޔަކު ވަނީ ރަށުތެރޭގެ ހިތްފަސޭހަ މާހައުލަށް ތައުރީފުކޮށްފައެވެ.
ވަރުން ދަވަން އެންމެ ފަހުން ފެނިގެންދިޔައީ ޖޫން މަހު ނުކުތް ފިލްމު 'ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ' އިންނެވެ.
ލަގްޒަރީ ކާރުތަކާއި ބޮޑެތި ގެތައް ގަތުމުގެ ބަދަލުގައި ދަނޑެއް ގަނެގެން އޭނާ ހޯދި މި އުފަލަކީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އަދި ތަފާތު ކަމަކަށް ވަނީ ވެފައެވެ.










%20(1).jpeg?w=3840&q=75)

