
ވިއްސާރަ ދުވަހެއް
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ މިއަދުގެ މެނދުރު 13:45 ހާއިރުން ފެށިގެން 17:00 އާ ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ.
މެޓުން ބުނީ މި ވަގުތުތަކުގައި އެ ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.












%20(2).jpeg?w=3840&q=75)



