
-
ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށްޓަކައި ހިންގާ "ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ" އިނިޝިއޭޓިވް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެސްއެމްއީ ޑިޖިޓަލް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު އިއްޔެ ޚާއްސަ ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.
މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެން ކުރިއަށްގެންދާ ފައިނޭންސިންގ ޕްރޮގްރާމެއްގެ ދަށުން، ޒުވާން ވިޔަފާރިވެރިންނަށް ދެވޭ އެހީތެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި ވެވުނު އެއްބަސްވުމެކެވެ.
މި ބައިވެރިވުމުގެ ދަށުން، މި ސްކީމުގެ އެހީ ލިބޭ ފަރާތްތަކަށް ހަމައެކަނި މާލީ އެހީތެރިކަން ދިނުމުގެ އިތުރުން، ދެމެހެއްޓެނިވި އަދި ކާމިޔާބު ވިޔަފާރިތަކެއް ބިނާކުރުމަށް ބޭނުންވާ މުހިންމު އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މީގެ ތެރޭގައި:
އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތު ދޭ ގޮތުގައި، މި އިނިޝިއޭޓިވްގެ މައިގަނޑު އަމާޒަކީ ދިވެހި ޒުވާން ވިޔަފާރިވެރިންގެ މުސްތަގުބަލަށް އިންވެސްޓްކޮށް، ރާއްޖޭގައި އުފެއްދުންތެރި އަދި ވަރުގަދަ އަމިއްލަ ވިޔަފާރިވެރިންގެ ޖީލެއް ބިނާކުރުމެވެ.















