


%20(3).jpeg?w=3840&q=75)




އައިޖީއެމްއެޗް
ކަނޑުމަތިން ލޯންޗަކާއި އެހެން އުޅަނދަކާ ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހުންގެ ތެރެއިން 2 މީހަކަށް ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފި އެވެ.
ފުލުހުން ބުނެފައިވަނީ ރޭ 21:16 ހާއިރު ކަނޑުމަތީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއް މާލެ، އިއްޒުއްދީން ފާލަމަށް ކައިރިކޮށްފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. މިއެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު އެކްސިޑެންޓަށްފަހު މަޑުނުކޮށް ގޮސްފައިވާކަަށް ފުލުހުން ބުނެފައިވެ އެވެ. އަދި މި އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާ ދިނުމަށް 5 މީހަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 4 ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.
އައިޖީއެމްއެޗުން ބުނީ މީގެ ތެރެއިން 3 މީހަކު ވޯޑުގައި އެޑްމިޓްކޮށްފައިވާކަމަށެވެ. އަދި 2 މީހަކަށް އިމަޖެންސީ ރޫމުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



%20(3).jpeg?w=3840&q=75)
