


%20(3).jpeg?w=3840&q=75)




298471_3_c6fef8daede4e5630f5c233860aff756ce7c612d_large
މިއަދު ކުރިއަށްދާ ލޯކަލް ކައުލްސިލްތަކާއި ރަށު ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވޯޓު ލެއްވުމަށް ހުރިހާ ރައްޔިތުންވެސް ނުކުމެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.
ކައުންސިލް އިންތިހާބުގައި ވޯޓު ދެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް މިހާރު އޮތީ ލިބިފައި ކަމަށާއި އެ ފުރުސަތު ސަރުކާރުން ވަނީ ފަހިކޮށްދީފައި ކަމަށެވެ. އެހެންވެ، ކޮންމެ ރަށަކަށް ވެސް އެ ރަށެއްގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުން މިއަދު ވޯޓު ދިނުން މުހިންމު ކަމަށެވެ.
ރައީސް ވޯޓު ލެއްވީ މާލޭގައި އުޅޭ ހިންނަވަރު ރައްޔިތުން ވޯޓު ލާ ފޮއްޓަށެވެ.
ހުރިހާ ރައްޔިތުންވެސް ވޯޓު ލުމަށް ރައީސް އެދިވަޑައިގެންނެވި އިރު މިއަދުގެ އިންތިޚާބުގައި މިހާތަނަށް ވޯޓު ލާފައިވާ މީހުންގެ އަދަދު މީގެ ކުރިން ބޭއްވި އިންތިޚާބުތަކާ އަޅާ ބަލާއިރު ވަރަށް މަދެވެ.



%20(3).jpeg?w=3840&q=75)




