
އެމްއެސްއެމްއީ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން މިނިސްޓަރު ސައީދު- ފޮޮޓޯ: ޕީއެސްއެމް
އެމްއެސްއެމްއީ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކަކީ ސަރުކާރުގެ ސިޔާސަތުތަކަށް ބާރުދީ ވިޔަފާރިކުރަން ބޭނުންވާ ޒުވާނުންނަށް ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކެއް ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މި ދުވަހާ ގުޅުވައިގެން ބޭއްވި ހަރަކާތްތައް ނިންމާލުމަށްފަހު ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ އެމްއެސްއެމްއީ ދުވަހާ ގުޅުވައިގެން މުޅި ދުވަހު ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން މުޅި ރާއްޖޭގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު، ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އެމީހުންގެ ހިޔާލުތައް ހުށައަޅައި ކުރިއަށްދެވިދާނެ ގޮތާމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މިއީ ފެށުމެއްކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މީގެ ހުރިހާ މަސައްކަތެއްގޮސް މި ގުޅެނީ ރައީސުލްޖުމްހޫރިއްޔާގެ އެސްއެމްއީ ސަޕޯޓަށް. ކުދި ވިޔަފާރިތަކަށް ކުރިއަރައި ދިއުމަށްޓަކައި ގެންގުޅުއްވާ ސިޔާސަތުތަކަށް. އެގޮތުން ވަކިން ޚާއްސަކޮށް ޑިޖިޓަލައިޒޭޝަންގެ ސްޕޭސްގައި ހިމެނޭ ކަންތައްތަކަށް. ޚާއްސަކޮށް މޯލްޑިވްސް 2.0. އެނގިވަޑައިގަންނަވާނެ ދާދިފަހުން ޕޭޕަލްގެ ޚިދުމަތްވެސް ރާއްޖެއަށް މިވަނީ ފަހިވެފައި. އެއީ ހަމަ މި ޕްރޮޖެކްޓްގެ ތެރެއިން ކުރިއަށްދާ ކަންތައްތައް. އިތުރު ޕްލެޓްފޯމްތައް ގެނައުމުގެ މަސައްކަތްވެސް ކުރިއަށްދާނެ." މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ އެމްއެސްއެމްއީ ދުވަހާއި ގުޅުވައިގެން ކުރިއަށްދާ މަސައްކަތަކީ މި ސިޔާސަތުތަކަށް ބާރުދިނުމާއި އަދި ވީހާ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަން ބޭނުންވާ ޒުވާނުންނަށް ރީޗްއައުޓްވެގެން ކަންކަން ކުރުމަށްޓަކައި ކުރާ މަސައްކަތްތަކެއް ކަމަށެވެ.
މި ދުވަހާ ގުޅުވައިގެން ރައީސް ވިދާޅުވެފައިވަނީ ވެސް ކްރިއޭޓިވް އިކޮނޮމީއާއި ކްރިއޭޓަރ އިކޮނޮމީ އަދި ޑިޖިޓަލައިޒޭޝަންގެ ފައިދާ ގްލޯބަލް އީކޮމާސް ޕްލެޓްފޯމްތަކަށް ރީޗްއައުޓްވުމާއި، އަދި ގުޅިލާމެހިފައިވާ ދުނިޔެއެއްގައި ދިވެހި ޒުވާނުން އުފައްދާ އުފެއްދުންތައް މާކެޓްކޮށް މަނިޓައިޒްކުރެވޭނެ ގޮތްތަކާއިމެދުކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.އެމްއެސްއެމްއީ ދުވަހާއި ގުޅުވައިގެން ބީސީސީ އާއި އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
ހޮނިހިރު ދުވަހު "އެމްއެސްއެމްއީ ފެސްޓް"ގެ ނަމުގައި ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފަ އެވެ. އަދި މި ފެސްޓިވަލްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ 30 ސްޓޯލް ބަހައްޓައި ގިނަ މައުލޫމާތުތަކެއް ދީފައިވެ އެވެ.

.jpg?w=3840&q=75)




.jpg?w=3840&q=75)









