



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



ކުރީގައި ހިނގާފައިވާ އެކްސިޑެންޓެއް
މި އަހަރުގެ ފުރަތަމަ 4 މަސްދުވަހު 1064 އެކްސިޑެންޓް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ނެރިފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެކްސިޑެންޓްގެ މައްސަލަތަކާއި، ވައްކަމުގެ މައްސަލަތައް އަދި މަސްތުވާތަކެތީގެ މައްސަލަތައްވަނީ ވަރަށް ގިނައިން ރިޕޯޓްކޮށްފަ އެވެ.
އެގޮތުން އެކްސިޑެންޓްގެ 1064 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، ވައްކަމުގެ 1077 މައްސަލަ ވަނީ ރިޕޯޓްކޮށްފަ އެވެ. ދެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެއީ 634 ވައްކަމުގެ މައްސަލަ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، އެންމެ ގިނައިން މައްސަލަތައް ރިޕޯޓްކޮށްފައިވަނީ ޖެނުއަރީ މަހު އެވެ. އެމަހު އެކަނިވެސް 1106 މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ފެބްރުވަރީ: 953 މައްސަލަމާރިޗު: 966 މައްސަލައެޕްރީލް: 874 މައްސަލަ
މި މުޖުތަމަޢުގައި ހިނގާ އެކްސިޑެންޓުތަކާއި، ވައްކަމުގެ މައްސަލަތަކާއި އަދި މިނޫންވެސް އެހެނިހެން މައްސަލަތައް މަދުކުރުމަށްޓަކައި، ކަމާގުޅޭ ފަރާތްތަކުން އަންނަނީ އަބަދުވެސް އިރުޝާދު ދެމުންނެވެ. އަދި މިކަންކަމަށް އާންމުން ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ދޭތެރެ ދޭތެރެއިން ދަނީ ހިންގަމުންނެވެ.ޚާއްސަކޮށް އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ދުއްވާ ފަރާތްތަކާއި މަގުމަތީ ހިނގާބިނގާވެ އުޅޭ ފަރާތްތަކުން މަގުމަތީގެ ޤަވާއިދުތަކަށް ސަމާލުވުމަށާއި، ދުވެލި މަޑުކުރުމަށް ފުލުހުން ދަނީ ނަސޭހަތްތެރިވަމުންނެވެ.








.jpg?w=3840&q=75)