
-
އެމްޑީޕީގެ އެއްވުން ރޭ ކުރިއަށް ގެންދަނިކޮށް މާލޭގެ މޭޔަރު އާދަމް އާޒިމަށް ބަޔަކު ދިން ހަމަލާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުށްވެރިކުރައްވައިފި އެވެ.
ރޭ މާލޭގައި މުޒާހަރާގެ ބައިވެރިން ހިނގާފައި ދަނިކޮށް، ކުރިމައްޗަށް އެރި ޒުވާނަކު ކުއްލި ގޮތަކަށް އާޒިމް މޭގައި ޖަހައި ކޮއްޕާލާ މަންޒަރު ފެނެ އެވެ. އެގޮތުން އާޒިމްއަށް ހަމަލާދިނުމާއިއެކު އެއްވުމުގެ ތެރެއިން ބަޔަކު އާޒިމްގެ ދިފާއުގައި ނުކުމެ ޒުވާނާއާ ކުރިމަތިލާ މަންޒަރުވެސް ވަނީ ފެނިފައި އެވެ.
މި ހަމަލާ ކުށްވެރިކުރައްވައި ރައީސް ސޯލިހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭ މާލޭގައި އެމްޑީޕީން ބޭއްވި ސުލްޙަވެރި ހިނގާލުމުގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު އާޒިމްއަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މި ހަމަލާ އަވަސް ގޮތެއްގައި ތަޙުޤީޤު ކުރުމަށާއި، މާލޭގެ މޭޔަރަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނަށާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
ސޯލިހް އިތުރަށް ވިދާޅުވީ އެއްވެ އުޅުމާއި، ޚިޔާލުފާޅުކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ޤާނޫނުަސާސީން އެންމެނަށް ކަށަވަރުކޮށްދީފައިވާ ހައްޤުތަކެއް ކަމަށާއި ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަކީ ކަމާބެހޭ އިދާރާ ތަކުގެ މަސްއޫލިޔަތެއް ކަމަށެވެ.
މިހަމަލާއާއި ގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާލުވީ އާޒިމްއަށް ދިން ހަމަލާ ކުށްވެރިކުރާ ކަމަށާއި ދައުލަތުގެ ކަމާގުޅޭ އެންމެހާ ފަރާތްތަކުން މި މައްސަލަ ބެލުން ކޮންމެހެން ބޭނުން ކަމަށެވެ.



.jpg?w=3840&q=75)




.jpg?w=3840&q=75)







